ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ ސެކްޝަންތައް އުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ މައްސަލަ ބަލާ ސެކްޝަންތައް ސުޕްރިމް ކޯޓުން އުވާލައިފި އެވެ.

ފެމެލީ ކޯޓު އަދި ސިވިލް ކޯޓުގެ އިހްތިސޯސް ކަނޑައަޅައި، ވަކި ބާވަތުގެ މައްސަލަތައް ބެލުމަށް ސެކްޝަންތައް ހާއްސަކުރީ ސުޕްރީމް ކޯޓުން ކުރިން އާންމުކުރި ސަކިއުލާއެއްގެ ދަށުންނެވެ.

ސެކްޝަންތައް އުވާލަން ނިންމީ ގާނޫނުގައި ތަރުތީބު ކުރެވިފައިވާ ގޮތަށް ހަމަހަމަ އުސޫލަކުން އެ ދެ ކޯޓުގެ މަސައްކަތްތައް ތަރުތީބު ނުކުރެވޭތީ އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން ސޮއި ކުރައްވާ ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަން އެގައެވެ.

ކޯޓުތަކުގެ އިހުތިސާސްތަކާއި މަސައްކަތްތައް ހިންގުމުގެ އުސޫލުތައް ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާއިރު، ކޯޓުތަކުގެ މަސައްކަތްތައް ތަރުތީބުވެ އިންތިޒާމްކުރެވިފައި
އޮންނަން ވާނީ އެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ސުޕްރީމް ކޯޓުން ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިހުތިސާސާއި ގުޅޭ ގޮތުން އާއްމު ކުރި ސާކިއުލާގައި ވަނީ، ކޯޓުތަކުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ގާއިމު ކުރެވުނު ސިވިލް ކޯޓާއި، އެ އަކުރުގެ (3) ވަނަ ނަންބަރުގެ ދަށުން ގާއިމު ކުރެވުނު ފެމިލީ ކޯޓުގެ އިހްތިސާސްތައް އެ ގާނޫނުގެ ޖަދުވަލު 1 އަދި 3 ގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މަދަނީ މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި ހުރިހާ މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސާސް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގެންވާކަމަށް އެ ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ކަމަށެވެ.

ސާކިއުލާގައި ބުނީ ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިގެންވާގޮތާއި އެ ކޯޓުން ބަލާ މައްސަލަތައް އެ ޤާނޫނުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައި ވާތީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަކިއުލާގެ ދަށުން ސިވިލް ކޯޓުގައި 5 ޑިވިޒްން ގާއިމުކޮށް ތަރުތީބު ކުރެވިފައިވާ ގޮތުން ހަމަހަމަ އުސޫލުން މަސައްކަތްތައް އިންތިޒާމް ކުރުމަށް ހުރަސް އެޅޭތީ، ސިވިލް ކޯޓުގެ 05 ޑިވިޒަން ގާއިމުކޮށް، ހިބައާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތަކާއި ވާރިސުން ގިންތި ކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހެޅޭ މައްސަލަތައް ބަލާނީ އެކަމަށްޓަކައި ފެމިލީ ކޯޓުގައި ގާއިމުކުރެވޭ ޑިވިޒަނުން ކަމަށް ކަނޑައަޅައި 2015 ޖަނަވަރީ 08 ވަނަ ދުވަހު ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސާކިއުލަރ ބާތިލުކޮށް، ސިވިލް ކޯޓާއި ފެމިލީ ކޯޓުން ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހުތިސާސްއާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލަ ބަލަމުން ގެންދާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތަށް ހަމަޖެހުމުން އެ ސަކިއުލަގެ ދަށުން ސިވިލް ކޯޓުގައި ގާއިމުކުރެވިފައިވާ ޑިވިޒަންތައް އުވިގެންދިޔައީ ކަމަށް ބަޔާނުގައި ވެއެވެ.

މި އުސޫލަށް އަމަލު ކުރަން ފަށާނީ ފެބްރުއަރީ 01 އިން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: