ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަސްބުނެ، ނޫސް ބަޔާން ނެރެގެން މިކަން ހާސިލް ނުކުރެވޭނެ: އިދިކޮޅު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމައެކަނި ބަސްބުނެ، ނޫސް ބަޔާން ނެރެގެން އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުވޭނެ ގޮތެއްނެތް ނެތްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުންް ބުނެފިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ޔޫތް ވިންގް އާއި އެކްޝަން ޑިޕާޓްމެންޓް ގުޅިގެން ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ވަނީ އިއުލާންކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ކުރިމަތީގައި ކަމަށެވެ. އަދި މި ހަރަކާތަކީ “މިނިވަންކަމުގައި ދިވެހިން” މިޝިއާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ހީނާ ވިދާޅުވީ ގެންދާ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކޮށްލުމަށް އިދިކޮޅުން މިހާރުވެސް ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ގެންދިއުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި އެކިއުމުރު ފުރާތަކުން ވީހާވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވުމަށް ހީނާ ވަނީ ގޮވައިލައްވާފައެވެ.

ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ރަތް ކުލައިގެ ހެދުމެއް ނުވަތަ އިންޑިއާ އައުޓް ޖަހައިފައިވާ ޓީޝާޓެއް ލައިގެން އައުމަށް ހީނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި އިންޑިއާ އައުޓް ހަރަކާތްތައް ވަރަށް ފޯރި އާއެކީ ކުރިއަށް ގެންދާ ކަމަށް ހީނާ ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން އިންޑިއާ އައުޓް ފެޓިޝަނުގައި ސޮއި ކުރުންފަދަ އެތައް ހަރަކާތެއް ރައްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ރައްޔިތުން އިސްނަގައިގެން ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން ފައްޓަވައި ދެއްވި އިންޑިއާ އައުޓް ކެމްޕެއިން އިތުރަށް ވަރުގަދަކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ފާޓީގެ ހުރިހާ ގުނަވަންތަކެއް ގުޅިގެން ކުރަމުން ގެންދާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

މިވޭތުވެދިޔަ 2 ދުވަހެއްގެ ތެރޭގައި ކޮންމެ ދުވަހެއްގައިވެސް ޕާޓީ އޮފީސް ކުރިމަތީގައި ތިބެގެން އިންޑިއާ މިލިޓަރީ ސިފައިން ދިވެހިރާއްޖެގައި ތިބުމަކީ ދިވެހި ރައްޔިތުން ނުރުހޭ ކަމެއްކަން ސަރުކާރަށް އެންގުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށްވެސް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ. އިދިކޮޅުން ބުނީ އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ އަންހެން ސިފައިން ހަރަކާތްތެރިވުމުގެ ބަދަލުގައި ފިރިހެން ސިފައިން ނެރެގެން ފުލުހުންގެ އެތިކްސްއާއި ގަވައިދުތަކާއި ހިލާފަށް ޕާޓީގެ އަންހެން ބޭފުޅުން ހިފަހައްޓާ ވަރަށް ބޮޑެތި އަނިޔާތަކެއް ދީފާއިވާ ކަމަށެވެ.

މިއަދު އިދިކޮޅުން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ކާބަފައިން ގެނެސްދީފައިވާ އާދަކާދަ އަންނަން އޮށް ޖީލަށް މިނިވަންކަމާއިއެކު ގެންގޮސް ދިނުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ސަރުކާރުންވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.  އިދިކޮޅުން ބުނީ މި ހަރަކަތަކީ މީ އެއްވެސް ގޮތަކަށް ޖެއްސުންކޮށް ނުވަތަ ސަރުކާރުން މި ޕާޓީއާއި ދޭތެރޭ ދެކޭ ގޮތް ބަދަލު ކުރާކަށެއް ނޫން ކަމަށެވެ. އިދިކޮޅުން މަސައްކަތް ކުރަނީ ސުލްހަވެރިކަމުގެ ދަށުން ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ބައިތިއްބަން ބޭނުން ނޫންކަން ސަރުކާރަށް އަންގަދިނުމަށްކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: