ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް މުޒާހަރާގެ ތެރެއިން ނަރީޝްއާއި އިތުރު 6 މީހަކު ހައްޔަރުކޮށްފި

ޓީޖެޓީ މައްސަލައިގައި ނަރީޝް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި “އިންޑިއާ އައުޓް” އެއްވުމުގެ ތެރެއިން މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކޮށްފިއެވެ.

އިދިކޮޅުން ބުނީ ފުލުހުން ނަރީޝް ހައްޔަރު ކޮށްފައިވަނީ މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން ކަމަށެވެ. މި ހަރަކާތުގައި މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ނަރީޝް އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނޭހެން ހަތް މީހުން ހިމެނެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މި ހަރަކާތް ރާއްޖޭގެ އެކި ރަށްތަކަށް ވެސް މިހާރު ވަނީ ފުޅާކޮށްފަ އެވެ.

އެގޮތުން އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ މިއަދު ހަވީރު ވަނީ ފ.ނިލަންދޫގައި ވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: