ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު މާލޭގެ ބައެއް މަގުތަށް ބަންދުކުރާނެ: ފުލުހުން

މިއަދު މާލޭގެ ބައެއް މަގުތަށް ބަންދުކުރަނީ / މޯލްޑިވްސް ޕޮލިސް ސާވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މާލޭގެ ބައެއް މަގުތަށް ބަންދުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ، ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.

މާލޭގައި ކުރިއަށްދާ ހަރަކާތްތަކާ ގުޅިގެން ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން، ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތައް އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އެ ސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ޒޯންތަކުގައި ހުރި އުޅަނދުތައް މިއަދުގެ ރޭގަނޑު 08:00 ގެ ކުރިން ނަންގަވައި، ޒޯންތައް ހުސްކޮށްދިނުމަށް ދުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ފަޅުގެ ސަރަހައްދުވެސް ބަންދުކޮށް އުޅަނދުތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ހުރި އާންމު ހުރިހާ އުޅަނދުތައް މާދަމާ އިރުއޮއްސި 06:00 ގެ ކުރިން ނަގައި، އެ ސަރަހައްދު ހުސްކޮށްދިނުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ވަރަށް ބޮޑު އެދުމެއްކަމުގައިވެސް ދަންނަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: