ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިއަދު މި މަަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހާވާލުކޮށްފައިވަނީ، 125 މިލިއަން ރުފިޔާއަށް 660 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މި މަސައްކަތުގެ ދަށުން 219،595 އަކަމީޓަރުގެ ބިން ހިއްކުމާއި، 1336 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 468 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 284 މީޓަރ އެއްގަމު ތޮށި ޖެހުމާއި ކޮންކްރީޓް ބްރިޖެއް އެޅުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: