ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މި ހަފްތާގެ ނިޔަލަށް އަރަބިއްޔާ އިމާރާތުގެ މަސައްކަތް ނިންމާލުން: އެޑިއުކޭޝަން

އަރަބިއްޔާގެ ވަގުތީ އިމާރާތުގެ މަސައްކަތް މިނިސްޓަރ ބައްލަވާލެއްވުން/ ފޮޓޯ: އެޑިއުކޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން ކުރިޔަށް ގެންދަން ސަރުކާރުން ހަމަޖައްސާފައިވާ، ފޮރިން މިނިސްޓްރީން ބޭނުންކުރި ވަގުތީ އިމާރާތުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަރައްބިޔާ ސްކޫލު ދަރިވަރުންނަށް 2010 އެގައި އާ އިމާރާތެއް އަޅައި، ތަން ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ އިމާރާތުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވެފައިވާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. 2020 އިން ފެށިގެން ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށް، މައްސަލަ ގޯސްވީ އިމާރާތުގެ ހާލަތު މީޑިއާގެ ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވާން ފެށުމުންނެވެ.

އެއަށްފަހު ތަނުގެ އެސެސްމެންޓެއް ހަދައި އަރަބިއްޔާ އިމަރާތް ބޭނުން ކުރުން އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާތީ ވަގުތީ ގޮތުން އެހެން އިންތިޒާމުތަކެއް ހަމަޖެއްސައި، މިނިސްޓްރީން ނިންމީ ދަރިވަރުންގެ ކިޔެވުމުގެ ކަންތައް އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ. ނަމަވެސް އެކަމަށް ބެލެނިވެރިން ދެކޮޅު ހަދައި، ކަންބޮޑުވުންފާޅު ކުރުމުން ސަރުކާރުން ނިންމީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް ކުރީގެ ޖަމާލުއްދީން ސްކޫލު ހުރި ބިމުގައި އަޅައި، އެ މަސަައްކަތް ނިމެންދެން ދަރިވަރުންނަށް ފޮރިން މިނިސްޓްރީގެ މަރާމާތުގެ މަސައްކަތް ފަށަން ވަގުތީގޮތުން ހުޅުމާލެ، މާލެ ފެރީ ޓާމިނަލްއާއި ޖެހިގެން އެޅި އިމާރާތް ބޭނުން ކުރުމަށެވެ.

މަސައްކަތް ކުރިޔަށްދާ ގޮތް ހިއްސާކޮށް އެޑިއުކޭޝަނުން ބުނީ، އަމާޒަކީ މި މަހުގެ 16 ވަނަ ދުވަހަށް މަސައްކަތް ނިންމާލުން ކަމަށެވެ.

ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި ކްލާސްރޫމުތައް އަޅައި، ވަގުތީ ގޮތުން ކުރަންޖެހޭ މަސައްކަތް ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ސްކޫލުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބެއްލެވުމަށް އެ އިމާރާތަށް ވަޑައިގަންނަވަ އެވެ.

މާޒީގައި އަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިކަމަށް ވުމުން، ސްކޫލަށް ދެރަގޮތެއް ވިޔަނުދޭން އެދި ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާ އާއި ވެސް ބައްދަލު ކުރެއްވި އެވެ.

އަރަބިއްޔާގެ ދަރިވަރުން މީގެ ކުރިން ވެސް އެހެން ސްކޫލަކާއި އެއް ކުރުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: