ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކުރިކަމަށް ބުނާ ތާހިރު އެއްވެސް މަސައްކަތެއް ފެންނާކަށް ނެތް: ބޮޗޭ

މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމަށް 2 ވަނަ ފަހަރަށް އެމްޑީޕީގެ ސަރުކާރެއް، މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއި އެކު އައި ނަމަވެސް ފުރަތަމަ 100 ދުވަސް ތެރޭ ވެސް މި ސަރުކާރު ވީ ފެއިލް ކަމަށް މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ގައި ރިފާއު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދު ފުއްދުމުގައި ފެއިލް ވެފައިވާކަމަށެވެ. އެގޮތުން ފުރަތަމަ 100 ދުވަހު ފުއްދުމަށް ބުނި ވައުދުތައް ވެސް ނުފުއްދޭ ކަމަށާއި، މި 3 އަހަރު ދުވަހު ތެރޭވެސް ސަރުކާރު ވަނީ ބޮޑު ތަނުން ފެއިލް ވެފައިކަމަށް ވެސް ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި ފައިދާހުރި އެއްވެސް ކަމެއް ފެންނާން ނެތް ކަމަށެވެ. އެގޮތުން ކޮވިޑާއި ގުޅިގެން ސަރުކާރަށް ގިނަ ފަރާތްތަކުގެ އެހީ ލިބުނު ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ލިބުނު އެހީ އިން ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ނެތެވެ. އެހީ ގެ ގޮތުގައި ފައިސާ ލިބުނު ނަމަވެސް ރައްޔިތުންނަށް ފައިދާ ވާ ފަދަ އުމްރާނީ ބޮޑު ތަރައްގީގެ މަޝްރޫއެއް ސަރުކާރުން ހިންގާފައި ނުވާ ކަމަށް ވެސް ރިފާއު ވިދާޅުވިއެވެ.

ރާއްޖޭގެ މުޅި ސަރުކާރުން މިވަގުތު ބަރޮސާ ވެފައި އޮތީ އެންމެ ގައުމަކަށް ކަމަށް ފާހަގަކުރަމުން ރިފާއު ވަނީ އިންޑިއާ އާއި ރާއްޖެގެ ސަރުކާރުން ބާއްވާ ގާތް ގުޅުމަށް އަލިއަޅުވާލާފައެވެ. މިއަދު ފެންނާން އޮތީ މުޅި ގައުމު އެއްކޮށް އިންޑިއާއަށް ބަރޯސާ ވެފައި އޮތް މަންޒަރު ކަމުގައި ރިފާއު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އިނޑިއާއިން ކާން ދޭނެ ކަމަށް ސަރުކާރުން ބަރޯސާ ވެގެންތިބީ ކަމުގައެވެ.

ރައީސް ސޯލިހު ވެރިކަމާއި ހަވާލުވުމާއި އެކު ފެނިގެންދަނީ ގައުމުގެ އިގްތިސޯދު އިންތިހާއަށް ގޯސްވެގެންދާ މަންޒަރު ކަމުގައިވެސް ރިފާއު ވިދާޅުވިއެވެ. ޑޮލަރުގެ ކަޅު ބާޒަރެއް އިގްތިސޯދުގެ ތެރޭގައި އުފެދި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔަ މަންޒަރު ކަމުގައިވެސް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ކުރި މަސައްކަތުން ރައްޔިތުންނަށް ލިބުނީ ނިކަމެތިކަމާއި ހިތްދަތިކަން ކަމުގައެވެ.

މީގެ އިތުރުން އޭނާ ވަނީ ކޮވިޑުގެ ތެރޭގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް އިނާޔަތްތަކެއް ދިން ކަމަށް ބުނެ، ބޮޑެތި ފައިސާގެ އަދަދުތަކެއް ފިނޭންސް މިނިސްޓްރީގެ ލިޔެ ކިއުންތަކުން ފެންނާން އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ފައިސާ ލިބުނު މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށާއި، ލިބުނު އިރު ލިބުނީ ވަކި ފިކުރަކަށް ނިސްބަތްވާ މީހުންނަށް އެކަނި ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ވަކި ކުންފުންޔެއް ހަދައި، ޒުވާނުންނަށް ކުދި ވިޔަފާރި ހިންގުމަށް ލޯންތަކެއްގެ ގޮތުގައި އެހީ ދޫކޮށްގެން ފުރުސަތު ހުޅުވާލި ކަމަށް ސަރުކާރުން ބުނި ކަމަށް ރިފާއު ފާހަގަކުރިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ފައިސަތަކެއް މި ކުންފުނ ިމެދުވެރިކޮށް ވެސް ބޭރުވި ތަން ފެނިގެން ދިޔަ ނަމަވެސް މިކަމުން ވަކި ފަރުދަކަށް ކުރި މަންފާ އެއް ފައިދާ އެއް ނެތެވެ.

ޕްރޮގްރާމުގައި ވާހަކަދައްކަމުން ރިފާއު ވަނީ މިހާރު ރާއްޖޭގައި މިއޮތް ސަރުކާރަކީ ތާހިރު ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބުނި ބުނުމަށް ރައްދު ދެއްވާފައެވެ. އިފާއު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ތާހިރު ކަމުގެ އެއްވެސް މިންވަރެއް ފެންނާން ނެތެވެ. އަދި ވިދާޅުވީ ތާހިރުކަންމަތީ ތިބެ ކަމަށް ބުނެ ސަރުކާރުގެ މަސައްކަތް ކުރި ނަމަވެސް، ސަރުކާރުގެ ތާހިރު މަސައްކަތެއް ފެންނާން ނެތެވެ.

” ސަރުކާރުން ކުރި ކަމަށް އެބުނާ ތާހިރު އެއްވެސް މަސައްކަތެއް ފެންނާކަށް ނެތް… މިއީ ތާހިރު ސަރުކާރެއް ކަމުގައި ނުބުނެވޭނެ. ” ރިފާއު

ހަމައެއާއި އެކު މި ސަރުކާރު އައީ ކޮރަޕްޝަން ނައްތާލާނެ ކަމަށް ރައްޔިތުންނަށް ވައުދު ވަމުން ކަމުގައި ރިފާއު ވިދާޅުވިއެވެ. ސަރުކާރުގެ މި ވައުދު ފިއްދުމުގައި ވެސް ނާކިމާޔުބެ ސަރުކާރުން އަންނަނީ މި ސަރުކާރަކީ ފެއިލް ވެފައިވާ ސަރުކާރެއް ކަން ރައްޔިތުންނަށް ދައްކަމުން ކަމަށް ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރުސީ ގެ މައްސަލައިގައި ހިޔާނާތްތެރިވި ފަރާތްތައް ހޯދާނެ ކަމަށާއި، މުޖުތަމައުގެ ތެރޭގައި ހުރި މަރުގެ މައްސަލަ ފަދަ މައްސަލަ ތައް ހައްލުކުރަން ކޮމިޝަން ތަކެއް އެކުލަވާލާފައިވީ ނަމަވެސް މި ކޮމިޝަން ތަކަށް ހަރަދު ކުރުން ނޫން އެހެން ކަމެއް ނުކުރާ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ އިހުމާލުން، ނުބަލާ ހުރި މައްސަލަތައް ގިނަވެސް ބޮއްސުން ލާ ހިސާބަށް ގޮސްފައި އޮތުމުން ވެސް ސަރުކާރަށް ދެވޭނީ “ޒެޑް ރިޕޯޓެއް” ކަމުގައި ރިފާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: