ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

ރައީސް ތިލަފުއްޓަށް ކުރި ދަތުރުގެ ތެރެއިން/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.

އިއްޔެ ތިލަފުއްޓަށް ވަޑައިގެން ރައީސް ވަނީ ސަރުކާރުން ހިންގާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ސައިޓުތަކަށް ވަޑައިގެން ބައްލަވާލައްވާފައެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތްކުރިއަށްދާގޮތުގެ މައުލޫމާތު އޮޅުންފިލުއްވި އެވެ.

ރައީސް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން ސައުކާރުގެ ކުންފުނިތަކުގ އިސްވެރިންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޒަމާނާއި އެއްގޮތަށް މާލޭގެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ ކަންކަން މިހާރަަށްވުރެ ހަރުދަނާ ކުރުމަށް “ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް” ސަރުކާރުން ލޯންޗު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. މިއީ ކުނި މެނޭޖު ކުރުމަށް ހިންގޭ އެންމެ ބޮޑު އަދި ބިޔަ މަޝްރޫއު އެވެ.

ދެ ފިޔަވަށްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިޔަށް ގެންދަން ޖެހޭ އިންފްރާސްޓްރަކްޗާގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: