ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޓިޒަމް ހުންނަ ކުދިންނަށް މަލާމާތްކުރުމުން ޖެންޑަރ މިނިސްޓަރުގެ ނުރުހުން!

މެމްބަރު އާދަމް ރަމީޒްގެ ވާހަކަތަކާއިމެދު ޖެންޑަރ މިނިސްޓަރު ވަނީ ނުރުހުން ފާޅުކުރައްވާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ އާންމު ބައްދަލުވުމުގައި އޯޓިޒަމް ހުންނަ ކުދިންނަށް މަލާމާތްކޮށް ވާހަކަދެއްކެވުމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ނުރުހުން ފާޅުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ޕީޕީއެމް މެމްބަރު އާދަމް ރަމީޒް ވަނީ ބައެއް މިނިސްޓްރީތަކުގައި ތިއްބަވަނީ އޯޓިޒަމް ކުދިންކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންއަކީ އޯޓިޒަމް ކުއްޖެއްކަމަށް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްއިން މަސައްކަތެއް އުޅޭ ކޮންމެ ފަހަރަކު މިނިސްޓްރީއިން ސިޓީ ފޮނުވާ، އެކަމެއް ނުވާނޭ ބުނާކަމަށް އާދަމް ރަމީޒް ވިދާޅުވިއެވެ. އަދި އަކްރަމް މިފަދައިން ކަންކުރައްވަނީ ގާނޫނުގައި އެކަން އޮތް ގޮތް ނުބައްލަވާ، ބާރެއް ލިބިފައި އޮތީތީ ކުރާ ކަމެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

އާދަމް ރަމީޒްގެ މިވާހަކަތަކާއި ގުޅިގެން ޖެންޑަރ މިނިސްތަރ އައިޝަތު މުހައްމަދު ދީދީ ވަނީ މިފަދަ ބަހުރުވާ ބޭނުންކޮށްގެން ވާހަކަ ނުދެއްކުމަށް އަންގަވާފައެވެ. އަދި މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

ކައުންސިލް މެމްބަރު އާދަމް ރަމީޒް މިހާރު ވަނީ މިކަމަށް މައާފަށް އެދިވަޑައިގެެންފައެވެ. އަދި އަކްރަމްއާއި ގުޅޭގޮތުން އެގޮތަށް ވާހަކަ ދެއްކެވީ އޯޓިޒަމް ހުންނަކުދިންނަށް ކުދިންނަށް ކުޑައިމީސް ބަހެއް ބުނުމުގެ ނިޔަތުގައި ނޫންކަމަށް އާދަމް ރަމީޒް ވިދާޅުވިއެވެ.

އާދަމް ރަމީޒަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަންނަނީ އަމާޒުވަމުންނެވެ. މީގެ ކުރިންވެސް ސިޔާސީ ބޭފުޅުން މިފަދަ މޭރުމުން ވާހަކަދެއްކެވުމުން އެކަން އެގޮތަށް ނުކުރުމަށް ޖެންޑަރ މިނިސްޓްރީއިންވެސް އަދި ގިނަ ބެލެނިވެރިންވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: