ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކާމިޔާބު، ރައީސް ސޯލިހުވެސް ކާމިޔާބު: ރައީސް ނަޝީދު

ކުރީގެ ރައީސްއަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިހާރު އޮތް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރަކީ ކާމިޔާބު ސަރުކާރެއް ކަމަށާއި ސަރުކާރު ހިންގުމާއި ހަވާލުވެ ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ކާމިޔާބު ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ،

ސްރީ ލަންކާގެ ނޫހެއް ކަމަށްވާ “ޑެއިލީ މިރާރ” އަށް ދިން އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ސަރުކާރުގެ މަސައްކަތް ދަނީ އެންމެ ފުރިހަމަ ގޮތުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރާއި ހަވާލުވުމުގެ ކުރިން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ރައީސް ސޯލިހު ވަނީ ނަމޫނާ ދައްކާފައެވެ. ވީ ވައުދުތަކުގެ ގިނަ މަސައްކަތްތައް ނިމުނު ނަމަވެސް، އިތުރަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

” ވީ ހުރިހާ ވައުދެއްހެން ފުއްދިއްޖެ.. ނުނިމި ހުރި މަސައްކަތްތަކެއް އެބަހުރި ނަމަވެސް ސަރުކާރުން ހުރިހާ ވައުދތައް ފުއްދުމުގައި ފުރިހަމަ މަސައްކަތް ކުރާނެ…” ރައީސް ނަޝީދު

ހަމައެއާއި އެކު ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ ކުރިއަށް ގެންދާ އިންޑީއާ އައުޓް ކެމްޕެއިނާއި މެދު ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ކެމްޕެއިނަކީ އެއްވެސް އަމާޒެއް ނެތް ކެމްޕެއިނެކެވެ. އަދި އެއްވެސް މަގްސަދެއް ނެތި ހިންގަމުންދާ ކެމްޕެެއިނެއްގެ ގޮތުގައި ވެސް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ކެމްޕެއިނާއި އެކު ޒެނޮފޯބިކް ޓެންޑެންސީ ޕްރޮމޯޓު ކުރެވެމުންދާ އިރު ރައްޔިތުން މި ކެމްޕެއިން ގަބޫލުކުރާ ކަމަކަށް ރައީސް ނަޝީދު ނުދެކެއެވެ. އަދި ވިދާޅުވީ އިންޑިއާ ނުވަތަ އެހެން ގައުމަކާއި ދެކޮޅަށް ހިންގާ އެއްވެސް ހަރަކާތަކަށް ރައްޔިތުންގެ މާ ބޮޑު ސަމާލުކަމެއް ނުލިބޭ ކަމަށެވެ. މި ކެމްޕެއިނަކީ އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި އާއްމުން ގަޔާވާ ކަހަލަ ކެމްޕެއިނެއް ނޫން ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ ރައީސް ޔާމިނުގެ މި އަމަލުތަކާއި މުޅި އިންޑިއާ އައުޓު ކެމްޕެއިން ހުއްޓާލުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: