ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާންދޫ އަދި ކަމަދޫ ބަނދަރު މަސައްކަތް އެމްޓީސީސީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ކަމަދޫ އަދި ގއ. ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ދާންދޫ ބަނދަރުގެ އެކްސްޓެންޝަން މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 485 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 70.8 މިލިއަންއަށެވެ.

މިމަޝްރޫއުގެ ދަށުން 81،404 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި 333 މީޓަރ ބޭރުތޮށި ޖެހުމާއި، 370 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރ ގްރޮއިން ޖެހުމާއި، 529 މީޓަރ އެއްގަމުތޮށު ޖެހުމާއި، 104 މޫރިންގް ރިންގް ހަރުކުރުމާއި، ކޮންކްރީޓް ބްރިޖް އެޅުމާއި ރޭމްޕް ހެދުމުގެ އިތުރުން ޕޭވްމަންޓްއެއް ހެދުމާއި، 36 މަގު ބައްތި ޖެހުން އަދި ދެ ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.

ކަމަދޫ ބަނދަރު މަރާމާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 47 މިލިއަން ރުފިޔާއަށެވެ.

މިމަޝްރޫއުގެ ދަށުން 25،636 81،404 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި 180 މީޓަރ ބޭރުތޮށި ޖެހުމާއި، 628 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރ އެއްގަމުތޮށު ޖެހުމާއި، 70 މޫރިންގް ރިންގް ހަރުކުރުމާއި، ރޭމްޕް ހެދުމުގެ އިތުރުން ޕޭވްމަންޓްއެއް ހެދުމާއި، 17 މަގު ބައްތި ޖެހުން އަދި ދެ ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: