ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުން ރާއްޖެ ކަނޑައެޅި އައުު ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސައަށް އަރުވައިފި

ޖަޕާނުގެ އައު ސަފީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރޮއްޔާ/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ތަކެއުޗި މިދޮރި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހަށް އަށް އަރުވައިފިއެވެ.

އެގޮތުން އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ޖަޕާނުގެ ސަފީރާ ވަނީ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ސަފީރުކަމުގެ ދައުރު ހަމަކުރައްވައި ރާއްޖެއިން ވަޑައިގެންނެވި ސަފީރުގެ ދައުރުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވައި އައު ސަފީރުގެ ދައުރުގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖަޕާނުގެ ވާހަކަފުޅު ދައްކަވަމުން މި އަހަރަކީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އިތުރު ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ތިމާވެށީގެ ދާއިރާއާއި ކާރިސާތަކުން ރައްކާތެރިވުމުގެ ދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި ހިންގުމުގެ ދާއިރާފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާނުގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: