ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ސްލޯއޭ ބުނާ މީހުންނަށް ޑޮކްޓަރީ ފަރުވާދޭން ޖެހޭ: އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ -ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަމަށާއި، ސަރުކާރު “ސްލޯ” ކަމަށް ބުނާ މީހުން އެންމެ ރަނގަޅީ ޑޮކްޓަރީ ފަރުވާއެއް ހޯދުންކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން މަޝްރޫއުތައް އިއުލާނުކޮށްފައިވާތީ ފާޑުކިއުންތައް އަމާޒުވީ ނަމަވެސް އަހުމަދު އަބްދުﷲ ވިދާޅުވީ، ސަރުކާރުން ދާއިރާއެއްގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރަނީ އިންތިހާބުތަކާއި ދިމާކޮށްކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ހާއްސަ އިސްކަމެއް ދިން ލީޑަރުގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތަކާއި، އަދި ރައްޔިތުން ދާއިރާއަށް ހުށަހަޅާފައި ހުރިކަންކަން ފުއްދައިދެމުން ގެންދާކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ އެޖެންޑާ 19 ގެ މެނިފެސްޓޯ ތަންފިޒު ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހުޅުވައިދެއްވާ ގިނަ މަޝްރޫއުތަކަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަސައްކަތްތަކެއްގެ ގޮތުގައި އިދިކޮޅުން ދައްކަވާ ވާހަކައިގެ ރައްދަށް އަހުމަދު އަބްދުﷲ ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު ދުވަހަކު ވެސް ވަޑައިނުގަންނަވާ ރަށްތަކުގައި ވެސް މަޝްރޫއުތަކެއް މިއަދު މި ސަރުކާރުން ކުރިޔަށް ގެންދާކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި މިދިޔަ ސަރުކާރުގައި ރަށްތަކުގެ ނަރުދަމާއަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާއިރު، ރައީސް ސޯލިހުގެ ސަރުކާރުން އެންމެ ފަހުން ހަވާލު ކުރި މަޝްރޫއުތަކާއި އެކު، ރާއްޖޭގައި ނަރުދަމާގެ ނިޒާމެއް ނެތް އެއްވެސް ރަށެއް ނޯންނާނެކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

މިއީ ސްލޯ ސަރުކާރެއްކަމަށް އިދިކޮޅު ސިފަ ކުރަމުން ގެންދާތީ އަހުމަދު އަބްދުﷲ ވިދާޅުވީ، އެފަދަ ވާހަކަތައް ދައްކާ މީހުންގެ ބުއްދި ހުރީ ސަލާމަތުންތޯ ބަލައި، ޑޮކްޓަރީ ފަރުވާ ދޭންޖެހޭ ކަމަށެވެ. ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 140 އަށްވުރެ ގިނަ ރަށުގެ ނަރުދަމާ ނިޒާމް އެޅުމުގެ މަސައްކަތާއި އެކު 160 އަށް ވުރެ ގިނަ ރަށުގައި ފެނުގެ ނިޒާމްގެ މަސައްކަތް ފަށާފައިވާކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެތައް ރަށެއްގެ ބަނދަރުގެ މަސައްކަތް މި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން އެ ކުންފުނިން ކުރިޔަށް ގެންދާކަން ފާހަގަ ކުރެއްވި އެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވިއިރު ވެސް 30 ރަށުގެ ފެނާއި ނަރުދަމާ ނޭޅުނު ކަމަށެވެ. އެހެން ކަމުން ހެޔޮ އެދޭ، ރަނގަޅު ސަރުކާރަކީ ކޮބައިކަން ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: