ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން ދަނގެތިން މީހަކު މަރުވެއްޖެ

ކޮވިޑުގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ގެންދަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ޖެހިގެން އދ. ދަނގެތިން މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 12:24 ހާއިރު އދ. ދަނގެތީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 272 އަށް އަރާފައެވެ.

ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު މިދުވަސްވަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން އަންނައިރު އިއްޔަވެސް ވަނީ 2609 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: