ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ވަނަ ޑޯޒަށް އަށް މަސް ވެއްޖެ ނަމަ ހައްޖާއި އުމްރާއަށް ދެވޭނީ ބޫސްޓަ ޑޯޒް ޖަހައިގެން!

އުމްރާގެ އަ:ިލަމް އަދާކުރުމުގައި ސަމާލުވާންޖެހޭ ހާއްސަ އުސޫލެއް ސައުދީން ވަނީ އެކުލަވާލާފައި/ ފޮޓޯ: އޭއެފްޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާއަށް ނުދެވޭ ގޮތަށް ސައުދީ އަރަބިއްޔާއިން އުސޫލެއް އެކުލަވާލައިފި އެވެ.

ކޮވިޑުން ސަލާމަތްވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަަކައި ސައުދީ ސަރުކާރުން ވަނީ ސައުދީއަށް އެތެރެވާ ފަރާތްތަކުންނާއި އަދި އާންމުންގެ ތެރެއަށް ނުކުމެ އުޅޭ ފަރާތްތަކުން ކޮވިޑުގެ ބޫސްޓާރ ޑޯޒް ޖަހާފައިވޭތޯ ބަލައި ނުޖަހާނަމަ ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ.

ސައުދީއަށް އެތެރެވެވޭނީ ބޫސްޓަރ ޑޯޒް ޖަހައިގެންކަމަށް ބުނެ ގެނައި ބަދަލަށް ފާޑުކިއުންތަކެއް އަމާޒުވީ ނަމަވެސް ބެލެވޭ ގޮތުގައި މިއީ ހައްޖު މޫސުމާއި ދިމާކޮށް އެކުލަވާލި އުސޫލެކެވެ. އެގޮތުން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކުން ކޮވިޑްގެ ދެވަނަ ޑޯޒް ޖަހައި ބޫސްޓާ ޑޯޒް ޖަހާފައިވޭތޯ ބެލުމަށް ސައުދީއިން ފަރުމާކޮށްފައިވާ “ތަވައްކަލްނާ” އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން އެ މީހެއްގެ ވެކްސިނޭޝަން ސްޓޭޓަސް  ކިއު އާރް ކޯޑެއް ސްކޭންކޮށް ބަލާނެކަމަށް އުސޫލުގައި ވެއެވެ.

ސައުދީ އަކީ ކޮވިޑުގެ ހާލަތު ރަނގަޅު ކުރުމަށް އެކި އެކި މަަސައްކަތްތަކެއް ކުރަމުން އަންނަ އެއް ގައުމެކެވެ. އަދި އެ ގައުމުގައި ބައްޔާއި ދެކޮޅަށް އަޅާފައި ވަނީ ވެސް ހަރުދަނާ ފިޔަވަޅުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: