ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގައި ފަތުރުވެރިކަން ކުރިނޭރީ ސަރުކާރުގެ އިހުމާލުން: ސައީދު

ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު- 19 ގައި ފަތުރުވެރިކަން ކުރި ނޭރީ ސަރުކާރުގެ އިހުމާލުން ކަމަށާއި ތަރައްގީކުރުމަށް ހަވާލުކޮށްފައި ހުރި ރަށްތައް ނުނިމި ހުރެ އާރަށްތަކެއް ބިޑަށް ހުޅުވާލުން އެއީ ގޯހެއްކަމުގައި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިފަދައިން ވިދާޅުވީ ސަންގުޓީވީގެ “ޙަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިވޭތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވީނަމަވެސް، ފަތުރުވެރިކަން މަޑުމަޑުން ކުރިއަރައި ދަނީ ސަރުކާރުން ކުރާ މަަސައްކަތެއްގެ ސަބަބުން ނޫންކަމަށް ސައީދު ވިދާޅުވި އެވެ. މިއީ ސިނާއަތުގެ މުވައްޒަފުންގެ ބުރަ މަސައްކަތްކަމަށާއި، ފަތުރުވެރިކަމަށް ދޫކުރާ ރަށްތަށް ނުއަގުގައި ވިއްކާލުން އެއީ ގޯހެއްކަން ސައީދު ފާހަގަ ކުރެއްވި އެވެ.

ސައީދު ވިދާޅުވީ ދެ ލައްކަ ޑޮލަރަށް ރަށުގެ އަގު ކަނޑައެޅިއިރު، މި ތަންތަނުގެ ވިޔަފާރީގެ ތެރެއަށް ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރުން މަންފާ ނެގި މީހުން ރަށްތަކުގެ ވިޔަފާރިއަށް ވަންނަމުންދާ ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރަށް ކުރެވެން ހުރި މަސައްކަތްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުތަކުން އެއްވެސް ތަނެއް ބޭނުން ނުކުރާކަމީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ވެރިކަން ނިމުނުއިރު ގިނަ ތަންތަން ހުރީ ނިމިފައި ނަމަވެސް ސަރުކާރުން އެތަން ހުޅުވަން އެއްވެސް މަސައްކަތެއް ނުކުރަނީ ކީއްވެގެންތޯ ސައީދު ސުވާލު އުފެއްދެވި އެވެ.

ވީއައިއޭގެ ސީޕްލޭން ޓާމިނަލާއި، ޕީއައިޕީ ޓާމިނަލް އަދި ފިއުލް ޓާމިނަލް އެއްކޮށް ނިންމާ ނުލެވިގެން އުޅެނީ ސަރުކާރަށް އެކަން ކުރަން ނޭނގޭތީކަމަށް ސައީދު ވިދާޅުވި އެވެ.

ސަރުކާރަށް މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ހަތަރު ބިލިއަން ލިބިފައިވާ ކަމަށާއި އެކަމުން އެއްވެސް މީހަކަށް ވީފައިދާއެއް ނެތް ކަމުގައި ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: