ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމަށް ކުރަން އޭނގޭހާ ވެސް ކަމަކީ ދޮގު ހެދުން: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމަށް ކުރަން އިނގޭހާވެސް ކަމަކީ ދޮގު ހެދުން ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ ފޯކައިދޫގައި ހުރި ވޯޓްލާ މަރުކަޒު ކައިރީ އޭނާ ވޯޓަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕީޕީއެމްއިން ވީޑިއޯއެއް އާއްމު ކުރުމުންނެވެ.

ޓްވިޓާގައި އާއްމުވި ވީޑިއޯ އަކާއި އެކު ކުރި ޓްވީޓަކަށް ރައްދު ދެމުން ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ މޭޒާއި ޖެހިގެން މާ ދުރު ނޫން ހިސާބެއްގައި ޕީޕީއެމްއިން ވެސް އެބަތިބި ކަމަށެވެ. އަދި ދޮގުވާހަކަތައް ފެތުރުމާއި ދޮގު ހެދުމަކީ އެޕާޓީގެ ސަޕޯޓަރުންނަށް ކުރަން އެނގޭ ހަމައެކަނި ކަންތައްކަމަށާއި އެކަން ކުރުމުން މެޑަލް ލިބޭކަމަށް ބުނެ ރޮޒެއިނާ ނުރުހުން ފާޅު ކުރެއްވި އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ވޯޓްލާން އަންނަ މީހުންގެ ލިސްޓު ވޯޓްލާ މަރުކަޒުގެ ބޭރުގައި ހަދާފައިވާ ބެންޗެއްގައި އެމްޑީޕީން ބަލަމުން ދިޔައިރު، އެތަނުގައި ރޮޒެއިނާ ހުންނެވި އެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ޓްވީޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަކީ 1968 އިން ފެށިގެން މިހާތަނަށް ދުށް އެންމެ ޑިމޮކްރަސީ އާއި ބީރައްޓެހި ސަރުކާރު ކަމުގައި ސިފަ ކުރަމުން މަޖިލީހުގެ ޗުއްޓީގައި ވެސް މެމްބަރުން ކަމަކީ ވޯޓްލާ މަރުކަޒު ކައިރީ ވޯޓް ހޯދަން ތިބުން ކަމަށް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު މިއަދު ހެނދުނު 8 އިން ފެށިގެން ދާއިރާ ރަށްތަކުގެ އިތުރުން މާލޭގައި ކުރިއަށް ދާއިރު އިންތިހާބުގެ ފޯރި ގަދަވެ ޕީޕިއެމާއި އެމްޑީޕީން އަންނަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
ޕީޕީއެމުން ދަނީ ތަކުރާރުކޮށް ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ ނަމަވެސް އެމްޑީޕީން ބުނަމުން ދަނީ އިންތިހާބަށް ކެމްޕެއިން ކުރުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށާއި ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ކޮށްދެމުން އަންނަނީ ރިޔާސީ އިންތިހާބުގައި ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެލެއްވި ކަންތައްތައް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: