ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުޑް ބޭންކްގައި އެމްޑީޕީއިން ފައިސާ ބަހާ މައްސަލައެއް އީސީއަށް

ފުޑް ބޭންކް ރިޒާވްކޮށްގެން އެމްޑީޕީ މެމްބަރުން ފައިސާ ބަހަމުންދާކަމުގެ ތުހުމަތު ކުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޑް ބޭންކް ރެސްޓޯރަންޓް ބަންދުކޮށްގެން އެމްޑީޕީއިން ފައިސާ ބަހަމުންދާކަމަށް ބުނެ، އެމައްސަލަ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށްދާއިރު އިދިކޮޅުން އަންނަނީ ތަފާތު އެކި ތުހުމަތުތައް އެމްޑީޕީއަށް ކުރަމުންނެވެ. ކެމްޕެއިންކުރުމުގެ ވަގުތު ހަމަވި ވަގުތުން ފެށިގެން މިހާތަނަށް ތަފާތު އެކި ތުހުމަތުތައް ޕީޕީއެމްއިން ވަނީ އެމްޑީޕީއަށްކޮށްފައެވެ. އަދި އެމައްސަލަތައް ވަނީ އީސީއަށް ހުށައަޅާފައެވެ.

ޕީޕީއެމްއިން އެކި މައްސަލަތައް އީސީއަށް ހުށައަޅަމުން އަންނައިރު، މީގެ ތެރޭގައި އެމްޑީޕީއިން އާންމުންނަށް ފައިސާ ބަހަމުންދާ ކަމުގެ ޝަކުވާތައް ވަނީ ކޮށްފައެވެ. އަދި ވޯޓުލާ މަރުކަޒުތައް ކައިރީގައި އެމްޑީޕީގެ ކެންޑިޑޭޓާއި އެމްޑީޕީއަށް ނިސްބަތްވާ އެކި މެމްބަރުން ކެމްޕެއިންކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.

އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ ގެއެއްގައި އެމްޑީޕީއުން ޖަގަހައެއް ހަދައި ޕާޓީގެ މަސައްކަތްތައްކުރިއަށް ގެންދާތީ ޕީޕީއެމްއިން ކަންބޮޑުވުން ފާޅުކުރިއެވެ. އޭގެ އިރުކޮޅެއްފަހުން ޕީޕީއެމްއިންވެސް ހަމަ އެއިމާރާތުގައި ވަނީ ޖަގަހައެއް ހުޅުވައި އިންތިހާބާއި ގުޅުންހުރި ބައެއް މަސައްކަތްތައް ކުރަން ފަށާފައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތު އިދިކޮޅުން ވަނީ މާލޭގެ ވޯޓުލާ މަރުކަޒު، އިސްކަންދަރު ސްކޫލް ކައިިރިއަށް އެއްވެ އިންޑިޔާ އައުޓް ކުރުމަށް ގޮވާލާފައެވެ. އަދި ސޯޝަލް މީޑިޔާގައި އިދިކޮޅު ލީޑަރޝިޕްގެ އެކި ބޭފުޅުން އަންނަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އެމްޑީޕީއަށް ވޯޓުދިނުމަށް އަންގަމުންދާކަމަށް ތުހުމަތުކޮށް ބައެއް އޯޑިޔޯތައްވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މުވައްޒަފުންގެ އައިޑީކާޑު އަތުލަމުންދާކަމަށް ތުހުމަތުކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމަށް އަންގަމުންދާކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: