ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ތިން ޝަކުވާއެއް ލިބުނު: ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރިޔަށް ގެންދާ، ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިންތިހާބާއި ގުޅޭ ތިން މައްސަލައެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ބައި އިލެކްޝަން ގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވޯޓަށް ނުފޫޒު ފޯރުވާ ރުފިޔާ ބަހަމުންދާކަމަށް ބުނެ އިންތިހާބުގެ ވޯޓުލާ މަރުކަޒު ހުރި އިސްކަންދަރު ސްކޫލް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމާއި އެމްޑީޕީން ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑީއޯ ސޯސަލް މީޑިއާގައި އާންމު ވެފައިވާ އިރު އެކަމާއި ގުޅިގެން “ސަންގު” އާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަބީބު ވިދާޅުވީ މިހާތަނަށް ތިން މައްސަލައެއް ހުށައަޅާފައިވާ ކަމަށާއި އަދި އޭގެ އިތުރުން ވެސް ބައެއް މައްސަލަތަކެއްގެ ޝަކުވާތަކެއް ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

މައްސަލަ ހައްލުކުުރުމަށް ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދުނު ކަމަށާއި އިތުރު ކަމެއް ފާހަގަ ނުވާ ކަމުގައި ހަބީބު ވިދާޅުވިއެވެ.

އިންތިހާބުގެ މައްސަލަ ހުށައެޅުމުން މާލޭގައި ކޮމަންޑޫ ދާއިރާގެ ވޯޓްފޮށި ހުރި ހިމެނޭ ސެންޓަރު ކަމުގައިވާ އިސްކަންދަރު ސުކޫލް ހިމެނޭ ސަރަހައްދަށް ކޮމިޝަންގެ މެމްބަރުން ގޮސް ފުލުހުންގެ އެހީތެރިކަމާއި އެކު އެސަރަހައްދު އިތުރަށް ބެލެހެއްޓުމަށް އެދިފައިވާ ކަމުގައި ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުންް ރޭ ފޯކައިދޫގައި އީސީގެ އޮފިޝަލުން ތިބި ގެސްޓްހައުސްގައި އެމްޑީޕީގެ މެމްބަރުން ބައްދަލުކުރިކަމަށް ބުނެ އުފެދުނު ހަމަނުޖެހުންތަކަށް ހަބީބު ވިދާޅުވީ ރޭގައި  ލަސް ވަގުތެެއްގައި އެ މައްސަލަ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެ ގެސްޓްހައުސްގައި މިވަގުތު ތިބީ އީސީގެ އޮފިޝަލުން އެކަނި ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ކެފޭތައް ޕާޓީތަކުގެ އޮފިޝަލުންނާއި، އެކްޓިވިސްޓުން ބޭނުން ކުރާތީ އީސީގެ އޮފިޝަލުންގެ ކެއުން ވެސް ހަމަޖައްސާފައި ވާނީ އެހެން ތަނަކުންކަމަށް ހަބީބު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ވަގުތީ ނަތީޖާ އިރުއޮއްސި 06:00 ގައި އިއުލާނު ކުރަން ފަށާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: