ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުން ވާހަކައެއް ދެއްކޭނެ، މިސްކިތްތަކުން ބަންގިވެސް ގޮވާނެ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމެއްގައި ބޭނުން ވާހަކައެއް ދައްކަން ޖާގަ އޮތްކަމުގައިވީނަމަވެސް މިސްކިތުގައި ބަރާބަރަށް ބަންގިވެސް ގޮވާނެކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވައްޑެ ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ޑިމޮކްރަސީއަށް ވަކާލާތުކުރާނެ ކަމަށެވެ. ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ ވާދަވެރިކަން ކަމަށާއި އެކަމަށް ފުރުސަތު ދޭނެކަމަށް ވައްޑެ ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރެއްގައި ހިންގާ މަޝްރޫއުތަކަކީ ދިގު މުއްދަތަކަށް އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި މަންފާ ކުރާނެ ކަންތައްތަކެއްކަމަށް ވައްޑެ ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ ވެރިކަމުގެ އަސާސް ކަމަށާއި އެއަސާސްގެ މަތީގައި ދެމިތިބޭނެކަމަށް ވައްޑެ ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމުގައި ދައުރެއް ނިންމާލީ ޑިނގު ކުޅެމުން ލޯނުތަކެއް ނަގައި ޓަވަރުތަކެއް އަޅަމުން ކަމަށާއި ހަގީގީ ދައުލަތެއް ހިންގަނީ މިވެރިކަމުގައި ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރައްވަމުން ގެންދަވާ ކަންކަމަށް އަލިއަޅުއްވާލައްވައި ވައްޑެ ވަނީ އެންމެ ތިން އަހަރު ތެރޭ ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވާފައެވެ. ދައުލަތެއްގެ ސިފައިގައި ވެރިކަން ހިންގުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާ ކަމަށާއި ވަކިވަކި ރަށްރަށުގައި އިގްތިސާދެއް އުފެއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައިވެސް އިންގިލާބީ ބަދަލުތަކެއް ރާއްޖެއަށް ގެނައިކަަން ފާހަގަކުރައްވާ ވައްޑެ ވަނީ އޭގެތެރެއިން ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޓެކްސްގެ ނިޒާމާއި ދަތުރުފަތުރުގެ ނިޒާމް ތައާރަފްކޮށް އިޖްތިމާއީ ރައްކާތެރިކަން އާންމުންނަށް ކަށަވަރުކޮށްދީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނިވެރި މައިންނަށް އެލަވަންސް ދޭންފެށީ އެމްޑީޕީ ސަރުކާރުންކަން ފާހަގަކުރެއްވިއެވެ. 2008 ވަނަ އަހަރު އެމްޑީޕީއިން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އާމްދަނީ އެންމެ 4 ބިލިއަން ޑޮލަރުކަމަށާއި އެމްޑީޕީއިން ވެރިކަމަށް އައުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީން އިގްތިސާދީ ވަޒީރަކަށް 13 އަހަރުވަންދެން އިންނެވިކަމަށް ވިދާޅުވިއެވެ.

“މިކަންކަން ކުރާތަން ފެނުމުން މީގެ 10 އަހަރުކުރިން ބަޣާވާތް ކުރީ. މިހާރު އެއުޅެނީ ބަޑި ޕާޓީ ހަދައިގެން. ޕާޓީ ހަދަން ހިތްވަރު ލިބުންކަން ރަނގަޅު” ވައްޑޭ

މެމްބަރު ވައްޑެ ވިދާޅުވީ ކޯނީ ރިޕޯޓުގައި ބަޣާވާތުގެ ކަންކަން ބަޔާންކޮށްފައިވަނީ ނުބައިކޮށް ކަމަށެވެ. އަދި މުސްތަގްބަލްގައި ޑިމޮކްރެޓިކް ވެރިކަމެއް އެފަދައިން ނުގެއްލޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މެމްބަރު ވައްޑެ ވިދާޅުވީ ދައުލަތް ހިންގުން ހުއްޓާލުމަށްފަހު އެބޭފުޅުންނަށްވެސް ހު ޑިނގު ކުޅެމުން ލޯނު ނަގައިގެން ޓަވަރު އެޅިދާނެކަމަށެވެ. އެހެންނަމަވެސް އެއީ ދައުލަތް ހިންގާ ގޮތް ނޫންކަމަށާއި ކޮންކްރީޓް ތަރައްގީ ގެނައުމާއި އެއްވަރަށް އެއަށްވުރެ މުހިންމު މާގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވައްޑެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: