ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ކުރިއަށް ނުދާތީ ކަންބޮޑުވުން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ މޮނިޓަރ ކުރުމަށް ކަނޑައެޅުއްވި މަންދޫބު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ޝަރީއަތުގެ ސްޕީޑް ލަސްވުމުގެ ސަބަބުން މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ކަންކަން ބެލުމަށް ރައީސް އޮފީހުގެ ފަރާތުން އައްޔަން ކުރި މަންދޫބު އައްބާސް ފާއިޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ޝަރީއަތް ލަސްވުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާ އުފުލާފައިވާއިރު މިހާތަނަށް ހުކުމްކޮށްފައިވަނީ އެންމެ މީހެއްގެ މައްޗަށްކަން ޓުވީޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިހާތަނަށް މައްސަލައިގައި ހުކުމެއް އިއްވުމާއި ހަމައަށް ދިޔައީ ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދުގެ މައްސަލާގައި އެކަންޏެވެ. އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު އެކަންޏެވެ. އަދުހަމްގެ އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަނަމަވެސް އެހެން މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ހުޅުވާލައިގެންނެވެ.

މިހާތަނަށް އައިއިރު ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މުޖާޒް އަހްމަދު، އަބްދުﷲ އަލިމަނިކު، މުހައްމަދު ތަސްލީމް، ތަހުމީން އަހްމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، މުހައްމަދު ނާޒިމް އަދި އިސްހާގެވެ. ހަމަލާއަށްފަހު ޒަހަމްތަކަށް ފަރުވާ ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ރައީސް ނަޝިދު ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ ހުސްވި އަހަރުގެ ފަހުކޮޅުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: