ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ ފަހަތުގައި ވާ މީހުންނަށް އަދަބު ދިނުމުގައި ސާބިތުކަމާއި އެކު ހުންނާނަން: ރައީސް

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބޭނުން ކުރި ސައިކަލު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް އިސްންސާފު ހޯދައިދީ، ކުށްވެރިންނަށް އަދަބު ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް މިއަދަށް އެއް އަހަރު ފުރޭއިރު، ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހަމަލާއަކީ ދިވެހި ފަސްގަނޑުގައި ހިންގާފައިވާ ޓެރަރިޒަމްގެ އެންމެ ނުބައި އަމަލު ކަމަށެވެ. އަދި މުޅި ދިވެހި ރާއްޖެއަށް މިކަމުގެ ސަބަބުން ބިރުވެތިކަން ފެތުރިގެން ދިޔަކަމަށް އިޝާރާތް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމު ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާ ކަމަށެވެ.

ހަމަލާގައި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންނެވި ރައީސް ނަޝީދު ވަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރުގައި ފަސް ހޭދަ ކުރައްވާފަ އެވެ.

މި ހަމަލާގެ މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުންގެ މައްޗަށް ދަައުވާ އުފުލައި ޝަރީއަތްތައް ކުރިޔަށް ގެންދާއިރު، ކުށް ސާބިތުވީ އެންމެ މީހެއްގެ މައްޗަށެވެ. އަދި ބާކީ ތިބި މީހުންގެ މައްސަލަތައް އެދެވޭ ސްޕީޑެއްގައި ކުރިޔަށް ނުދިއުމާއި، ހަމަލާ ދިން ސަބަބު އަދި ހަމަލާއަށް ފަންޑު ކުރި މީހުން ނުހޯދޭކަމުގެ ކަންބޮޑުވުން އެބައޮތެވެ.

ދާދިފަހުން ރައީސް ނަޝީދު ވެސް ވަނީ ހަމަލާގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާތީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: