ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުޖައްސާލުމަށް އަންގާފައިވަނިކޮށް ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ކައުންސިލްއިން އިއުލާންކުރަނީ

ޕާކިން ސްލޮޓްތަކަށް އެދުމަށް ހުޅުވާލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟
ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރުމުގެ ކަންކަން މަޑުޖައްސާލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއިން އަންގާފައިވަނިކޮށް އަންނަ ހަފްތާގެ ތެރޭގައި ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް އިއުލާންކުރާނެކަމަށް މާލެ ސިޓީ ކައުންސިލްއިން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކިން ސްލޮޓްތައް އާންމުންނަށް ދޫކުރަނީ ވިޔަފާރި އުސޫލުންނެވެ. މިކަމުގެ ޝަކުވާތައް ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ހުށައެޅެމުންދާއިރު ޓްރާންސްޕޯޓްއިން ވަނީ އެއީ އެގޮތަށް ނުކުރެވޭނެކަމެއްކަން ކައުންސިލަށް އަންގާފައެވެ. އަދި އެލްޖީއޭއިންވެސް ވަނީ އެކަން މޮނިޓަރކުރުމަށްފަހު ވަކި އެއްޗެއް އަންގަންދެން ޕާކިން ސްލޮޓްތަކުގެ މުއާމަލާތްތައް މަޑުޖައްސާލުމަށް އަންގާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި އެލްޖީއޭއިން މިފަދައިން އަންގާފައިވަނިކޮށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ތަރައްގީކޮށްފައިވާ ޕާކިންގސްލޮޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުން ފެށިގެން ހުޅުވާލާނެކަން މިއަދު ވަނީ އިއުލާންކޮށްފައެވެ. އެކަމަށް ޤާއިމްކުރެވިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮންނާނެކަމަށް ސިޓީ ކައުންސިލްއިން ބުނެއެވެ.

މި ޕާކިންގ ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ޙާއްސަ ސްލޮޓްތައް ހިމެނޭނެއެވެ. ޤާއިމު ކުރެވިފައިވާ ޕާކިންގ ސްލޮޓުތަކުގެ ތެރެއިން %25 ( ފަންސަވީސް ޕަސެންޓް ) ޙާއްސަކުރެވިފައި ވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ކޮންމެ ފަރުދަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެއެވެ. މި ހުޅުވާލެވޭ ފުރުޞަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރެޖިސްޓްރީ ކުރުން ނުހިމެނޭކަމަށް ސިޓީ ކައުންސިލްއިން ބުނެއެވެ.

މިމުއާމަލާތް މިގޮތަށް ކުރިއަށް ނުގެންދެވޭނެކަން ޓްރާންސްޕޯޓް މިނިސްޓްރީއިން އެންގުމާއި ގުޅިގެން ސިޓީ ކައުންސިލްގެ މެމްބަރުން އަންނަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުތައް ބޭނުންނުކުރެވޭ ކަމުގައިވާނަމަ މިސަރުކާރުން ތަސްދީގްކުރި ލާމަރުކަޒީ ގާނޫނުގެ ބޭނުމެއް ކޮބައިތޯ އަންނަނީ ސުވާލު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: