ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ރަމަޒާން ބާޒާރު ސޭލް ފަށައިފި

އެސްޓީއޯގެ ރަމަޒާން ބާޒާރު ސޭލް ފެށިގެން ކުރިއަށްދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ރަމަޒާން ބާޒާރު ސޭލް ފަށައިފިއެވެ.

މިއަހަރުގެ މިސޭލް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 10 ފެބްރުއަރީ 2022 އިން 30 އޭޕްރިލް 2022 ގެ ނިޔަލަށެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް އެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ތަފާތު ޑިސްކައުންޓް ތަކެއް އެކުލެވިގެންވެއެވެ. މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަ ތަކުގައެވެ.

އެހެން އަހަރު ތަކާއި ހިލާފަށް، 2022 ވަނަ އަހަރުގެ ރަމަޒާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަންއެވެ.

މިސޭލްގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ޑިސްކައުންޓް އަދި އޮފާ ތަކަށް ބަލައިލާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން 40 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ 1000ރ (އެއްހާސް ރުފިޔާ) ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭއިރު މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮމޮޝަންގެ ގްރޭންޑް ވިނާރގެ ގޮތުގައި މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެއް ފަރާތަކަށް ޓާރކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މީގެ އިތުރުން ދަތުރުގެ އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. އަދި މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

2022 ވަނަ އަހަރުގެ ރަމަޒާން ބަޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުންކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައި ސޭލް ފަށާފައިވާއިރު އެސްޓީއޯ ސުޕަރމާޓްގައި ރަމަޒާން ބާޒާރު ސޭލް ފަށާނީ މާޗް މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: