ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓް ކުއްޔަށް ދޫކުރުމުގެ ގަވާއިދު އެކުލަވާލައިފި

ހުޅުމާލެ ފޭސް 2 އިން ދިރިއުޅުމަށް ޖުމްލަ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވައިލައިފި / ޑްރީންސްޓައިމް.ކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލި ހާއްސަ އުސޫލު އާއްމުކޮށް އެއަށް އަމަލުކުރަން ފަށައިފަ އެވެ

މި އުސޫލުގައިވާ ގޮތުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާއި، ރޯހައުސްތަކާއި، ގޯތި ފަދަ ތަންތަން މުޅިން އެއްކޮށް ކުއްޔަށް ނުދެވޭނެއެވެ. މިފަދަ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއެއް ހިންގި އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެންނެވެ.

މީގެ އިތުރުން ފްލެޓްއާއި ރޯހައުސް ފަދަ ތަންތަން ކުއްޔަށްދޫކުރެވޭނީ ގިނަވެގެން ފަސް އަހަރުދުވަހުގެ މުއްދަތަށް ކަމުގައިވެސް ވަނީ ކަނޑައަޅާފައެވެ.

ހަމައެއާއިއެކު އެ ގަވާއިދުގެ ދަށުން ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދޫކޮށްފައިވާ ރޯހައުސްތަކާއި ފްލެޓްތައް ކުއްޔަށް ދޫކުރުމަށް އެދެވޭނީ އެތަންތަނުގެ ވެރިފަރާތަށް ކަމުގައިވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ތަނުގެ ރަޖިސްޓްރީ ކުއްޔަށް ހިފާ ފަރާތުގެ ނަމަށް ބަދަލުކޮށްގެން ތަން ކުއްޔަށް ދޫކުރުމަށް އެ ގާނޫނު ތަންދޭ ކަމުގައިވެސް އުސޫލުގައި ހާމަ ކޮށްފައިވެއެވެ.

މީގެ އިތުރުން އެ އުސޫލާއި ހިލާފުވާ ފަރާތްތަލުގެ މައްސަލަތައް ކައުންސިލްތަކުން ޝަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގާނޫނުގެ ދަށުން ބަލައި ފިޔަވަޅު އަޅަންވާނެ ކަމުގައިވެސް އުސޫލުގައި ކަނޑައަޅާފައިވެއެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާއިރު އަދި ގާނޫނަށް އަމަލުކުރަން ފެށި ފަހުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލްވާނެ ކަމުގައިވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ ފަރާތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިގެދޮރާއި، ފްލެޓްތަކާއި، ރޯހައުސް ފަދަ ތަންތަން ކުއްޔަށް ދިނުމުގެ ގަވާއިދު އެކުލަވާލައިފާ މިވަނީ  ހުޅުމާލެ ފްލެޓްތައް ބޮޑުއަގުގައި ކުއްޔަށް ދޫކުރާ ކަމުގެ މައްސަލަ އާންމު ވެފައިވާ ދަނޑިވަޅެއްގައިކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: