ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބާރުކެނޑި ކުށްވެރިންގެ ބާރު ގަދަވެއްޖެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފުލުހުންގެ ބާރުކެނޑި ކުށްވެރިންގެ ބާރު ގަދަވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލުމާ ގުޅިގެންނެވެ.

އުމަރު ވިދާޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ނ.މިލަދޫ މުޝްތަރީ ގޭގައި އަލިފާން ރޯކޮށްލުމުން މުޅި ގެ އަނދައިގެންދިޔަ ކަމަށާއި އޭގެ ދެމަސް ފަހުން، ރޭ ހަމަ އެރަށު ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށެވެ.

“މި ދެކަން ވެސް ހިންގީ ޑްރަގް ޑީލަރުން އިންޒާރު ދިނުމަށްފަހު. ރާއްޖޭގެ އެތަށް ރަށެއްގެ ހާލަތަކީ މިއީ.
ފުލުހުންގެ ބާރުކެނޑި ކުށްވެރިންގެ ބާރުވަނީ ގަދަވެފައި” އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެއްވެސް ޕާޓީ އަކަށް، އެއްވެސް ވެރިޔަކަށް މިކަން ޙައްލުކޮށް ނުދެވުނު ކަމަށެވެ. އަދި “ހައްލަކީ އުމަރު” ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން އޭނާ އަށް އިންޒާރު ދިނުމަށްފަހު އެވެ. ސައިކަލްގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: