ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދޭން މުއިއްޒު ގޮވާލައްވައިފި

މާލެ ސިޓީ ކައުންސިލުގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިކަމަށް ގޮވާލައްވާފައި މިވަނީ މާލޭ މީހުންނަށް ހުޅުމާލެއިން 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކޮށްދޭން ހައުސިން މިނިސްޓްރީން އެޗްޑީސީގައި އެދިފައި ވަނިކޮށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން ނިންމާ، ބިޑްތައް ވެސް ލިބިފައި ވަނިކޮށެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެހެން ރައްތަކުން އެ ރަށެއްގެ ބިން ހިއްކާފައި ރައްޔިތުންނަށް ހިލޭ ދޭއިރު މާލޭއިން ބިން ހިއްކާފައި ވިއްކުމަކީ ހަމަހަމަކަން ނެތިގެންދާކަމެއްކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް ގިވާލަން، ހުޅުމާލެއިން މާލެ ރައްޔިތުންނަށް ހާއްސަކޮށްފައިވާކަމަށް މީޑިއާއިން މައުލޫމާތު ލިބޭ 1000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް.” މުއިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒު ވަނީ އެ ބިންތަކުގެ އަގު ރިކަވާ ކުރުމަށް އެހެން ބިންތަކާ ވިޔަފާރި މުއާމަލާތްތަކުން ފައިސާ ހޯދުމަށް ގޮވާލާފައެވެ. އަދި މާލެ ރައްޔިތުންނަށް ހާއްސަކުރާ ގޯތިތައް އެހެން ރަށްރަށުގައި ދެއްވާހެން ހިލޭ ދިނުމަށް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: