ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރޭންގައި މިވަގުތު ތިބީ 20 ދަރިވަރުން: ފޮރިން މިނިސްޓްރީ

ހަނގުރާމައެއް ބޭނުން ނުވާކަމަށް ބުނެ ޔޫކްރެއިންގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން/ ފޮޓޯ: އޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ޔޫކްރޭންގައި ތިބީ ރާއްޖޭގެ 20 ދަރިވަރަކާއި 1 ބެލެނިވެރިއެއް ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ޔޫކްރޭންގައި ކިޔަވަން ގޮސް ތިބި ރާއްޖޭގެ ދަރިވަރުންގެ ތެރެއިން ރާއްޖެ ނުގެނެވި ވަނީ 5 ދަރިވަރެއް ކަމުގައި ފޮރިން މިނިސްޓްރީން ހާމަކުރެއެވެ. މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އެ 5 ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށާއި އެ ކުދިންގެ ހާލު ރަނގަޅެވެ.

ހަމަ އެއާއެކު 14 ކުއްޖަކު، ޔޫކްރޭންގެ ދެކުނުން އޮންނަ އަވަށެއް ކަމަށްވާ އިވަނޯ ފްރެންކްސްކިވް ގައި ތިބި ކަމަށާއި އަދި އެކުދިން ސަލާމަތުން ތިބި ކަމަށާއި އެކުދިންގެ ކަންކަންވެސް ބަލަމުން އަންނަ ކަމުގައި ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދި އެއް ކުއްޖަކު އެހެން އަވަށެއްގައި ހުރިކަމަށާއި އޭނާ ގެ ހާލުވެސް ރަނގަޅު ކަމުގައި ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ޔޫކްރޭންގައި ޖުމްލަ 50 ދަރިވަރަކު އައީ މަތީ ތައުލީމް ހާސިލް ކުރަމުން ކަމަށާއި އޭގެ ތެރެއިން މިހާތަނަށް 30 ދަރުވަރަކު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިވަގުތު ޔޫކްރޭންގައި ބާކީ ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ސަރުކާރުތަކާއި އެކު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މަޝްވަރާކުރަމުން ދާ ކަމަށާއި މިވަގުތު ޔޫކްރޭންގައި ތިބި ހުރިހާ ދިވެހި އެންމެންގެ ހާލު ރަނގަޅުކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހަމަ އެއާއި އެކު ޔޫކްރޭންގެ އިތުރުން އެ ސަރައްދުގައި ކިޔަވަން ގޮސް ތިބި ބައެއް އެހެން ދަރިވަރުންގެ ހާލު ބަލަމުންދާ ކަމުގައިވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ޔޫކްރޭންގައި ތިބި ދިވެހިން ރާއްޖެ އަންނަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެގައުމުގައި ދިރިއުޅޭ ދިވެހިން އަނބުރާ ގައުމަށް ގެނައުމަށް އަންގަވާފައިވަނިކޮށެވެ.

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ހަމަނުޖެހުން ތަކެއް އުފެދި ދެގައުމު ދެމެދުގައި ހަމަލާ ބަދަލުކުރަމުން ދާ މިދަނޑިވަޅުގައި ޔޫކްރޭންގައި ތިބި އެހެން ގައުމުތަކުގެ މީހުން ޔޫކްރޭނުން ފޭބުމަށް އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވަނީ ގޮވާލާފައެވެ.

މީގެ އިތުުރުން ރަޝިޔާގެ އަސްކަރީ ސިފައިންގެ ލަޝްކަރުތައް މިވަގުތު ތިބީ ޔޫކްރޭން އާއި ރަޝިޔާ ގުޅޭ ބޯޑަރުގައި ހަނގުރާމަވެރި ހަތިޔާރާއި އެކުކަންވެސް ފާހަގަކޮށްލެވެއެވެ. މިދިޔަ ހަފްތާއިން ފެށިގެން ރަޝިޔާއިން ގެންދަނީ ދެގައުމުގެ ބޯޑަރުގައި ސިފައިންގެ ތަމްރީނުތަކެއް ހިންގަމުން ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ހަމަ އެއާއެކު ޔޫކްރޭނުން އިސްވެ ރަޝިޔާ އާ ދެކޮޅަށް ހަމަލާދޭން ފަށާފައިވާއިރު ދެގައުމުގެ ހަނގުރާމަ ދޭތެރެއަށް އެހެން އެއްވެސް ގައުމަކުން ނުވަނުމަށާއި އެކަން އެހެން ކޮށްފި ނަމަ ހަނދާނުން ފިލުވާލަން ދަތިގޮތެއް އެގައުމަކަށް ވެގެންދާނެ ކަމުގައި ރަޝިޔާގެ ބޮޑުވަޒީރު ލަޑްމިއަރ ޕޫޓިން ބުނެފައިވާ ކަންވެސް ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: