ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއެސް ގެ އިސް މީހަކު ރާއްޖެއިން ހައްޔަރުކޮށްފި

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ގެ އިސް މީހަކު ރާއްޖެއިން ހައްޔަރުކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރުގެ ކުރެއްވި ޓްވީޓެއްގައި އޭނާ ހައްޔަރުކުރީ ދިވެހި ފުލުހުންނާއި އެފްބީއައި ގުޅިގެން، އެހެން ދެ ގައުމެއްގެ ތަހްގީގީ އިދާރާތަކުގެ އެހީގައި ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ހަވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މީގެ އިތުރުން އޭނާ އަކީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި  އޭނާ އަންނަނީ ޓެރަރިޒަމަށް ހިތްވަރުދޭ ތަފާތު އެކި ކެމްޕޭންތައް މި މުޖުތަމައުގައި އުޅެމުން ހިންގަމުން ކަމުގައިވެސް ސީޕީ ހަމީދު އިތުރަށް ވިދާޅުވެފައިވެއެވެ.

އެގޮތުން މީނާ ވަނީ ޝޯސަލް މީޑިއާ މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ އެކި ކެމްޕޭންތައް ރާވައި އެކަމަށް ފާޅުގައި ގޮވާލާފައި ކަމަށްވެސް ވިދާޅުވިއެވެ.

“2015 ވަނަ އަހަރުން ފެށިގެން އޭނާ މިކަންކަން ހިންގަމުން ދިޔައީ ރާއްޖޭގައި، ދިވެހިންގެ ތެރޭގައި އުޅެމުން” ސީޕީ ހަމީދު

އޭގެތެރޭގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް އެކި ގައުމުތަކުގައި ގޮވާލުމުގެ އިތުރުން ހުޅަނގު ގައުމުތަކުގެ ބައެއް ލީޑަރުން މެރުމަށް ގޮވާލާފައިވާކަންވެސް ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: