ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިނަކީ އެއްވެސް އިރެއްގަ އިންޑިޔާއާއި ޖައްސާލައިގެން އުޅޭ ރައީސެއްނޫން: އާދަމް ޝަރީފު

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމިންއަކީ އެއްވެސް އިރެއްގަ އިންޑިޔާއާއި ޖައްސާލައިން އުޅޭނެ ރައީސެއްނޫން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ޤުރޫޕުގެ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މަޖުލިސް މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިޔައްގެންދާ “އިންޑިޔާ އައުޓް” ހަރަކާތަކީ ރައީސް ޔާމިން ޖަލުގައި ހުންނަވާފައި މިނިވަންވެ ވަޑައިގަތުމަށްފަހު ރާއްޖެގައި އިންޑިޔާ މިލިޓަރީ ސިފައިން ބެއްތިއްބުމާ ދެކޮޅަށް ޕީޕީއެމްގެ ސަޕޯޓަރުންނާއެކީ ކުރިޔަށް ގެންދަވާ ހަރަކާތެކެވެ. ރައީސް ޔާމިން އިސްކޮށް ހުންނަވައިގެން ކުރިޔަށްގެންދާ މިހަރަކާތަކީ އެއްގޮތަކައްވެސް ރާއްޖެ އާއި އިންޑިޔާއާއި އޮންނަގުޅުމަށް ބުރޫ އަރުވަން ކުރިޔައްގެންދާ ހަރަކާތެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް ޔާމިން ކުރިޔަށް ގެންދަވާ އިންޑިޔާ އައުޓް ހަރަކާތުގައި، ޤައުމުގެ ސަލާމަތާއި ރައްކާރެތިކަން ބޭނުންވާ ރައްޔިތުން ތިބިއްޔާ އެކަމުގައި ބައިވެރިވުމަށް އާދަމް ޝަރީފު އެދިލެއްވިއެވެ.

ތަރައްޤީއާއި މާލީ އެހީތެރިކަން އެހެން ޤައުމުތަކުން ހޯދުމުގެ މާހިރަކީ ރަޢީސް ޔާމިން ކަމަށް އާދަމް ޝަރީފު ވިދާލުވިއެވެ. ދިވެހިރާއްޖެ މިނިވަންކަންމަތީ އޮންނަނީ  އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތާއި އެކު ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. ވުމާއިއެކު ޤައުމުގެ ދިފާއުގަ ނުކުންނަ ބަޔަކަށް ހުރަސް އަޅާނީ ޤައުމުގެ ޙާއިނުންކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

މިކަމަށް އޮތް ހައްލަކީ، ރައްޔިތުންނާއި މަޖްލިސް މެންބަރުންނާއި ވާހަކަދައްކައިގެން އިހުލާސްތެރިކަމާއި އެކު އިންޑިޔާ އަދި ދިވެހިރާއްޖެއާއި ދެމެދު ކުރެވިފައިވާ ގޮތްނޭގޭ އެގްރީމެންޓްތައް މި ސަރުކާރުން ރައްޔިތުންނަށާއި އިދިކޮޅު ވެރިންނަށް ހާމަކޮށްދިނުންކަން އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިޔާއިން އެތައް އެހީތަކެއް ވަމުން އަންނައިރު ދެ ޤައުމު ދޭތެރޭ އޮނަ ގުޅުމަށް ހިރަފުސް ނޭރުވޭނެކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރޫ އަރާކަހަލަ އަމަލެއް ހިންގަން ފުރުސަތު ނުދޭނެކަން އާދަމް ޝަރީފު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: