ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އޭސީސީއަށް އާ ފަސް މެމްބަރުން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ދުވަސްތަކެއް ވަންދެން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ފަސް ބޭފުޅުންނަށް ވެސް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އޭސީސީއަށް އައްޔަނު ކުރުމަށް ފެންނަކަމަށް ފޮނުވި ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ރިޕޯޓެއް އެކުލަވާލާފައި ވެއެވެ. ކޮންމެ މެމްބަރަކަށް ވެސް ވަކިވަކީން ވޯޓަށް އެހުމުން، މަޖިލީހަސް ހާޒިރުވެ ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސް ކުރީ އެ ހުރިހާ ބޭފުޅުން ވެސް ކޮމިޝަނަށް އައްޔަނު ކުރަން ފެންނަ ކަމަށެވެ.

މިއަދު އޭސީސީއަށް އައްޔަނު ކުރި ބޭފުޅުންނަކީ: 

  1. ޝިޔާމާ މުހައްމަދު/ ނާރެސް، ރ. ހުޅުދުއްފާރު
  2. ތޯހާ މުހައްމަދު/ ކަޅިހާރުގެ, އދ. މާމިނގިލި
  3. ޝަޒްނާ އާދަމް/ ރިހިވިލު، ހދ. ނޮޅިވަރަންފަރު
  4. ޝާމިލް އާދަމް/ ރަތްވިލާގެ، ތ. ވިލުފުށި
  5. އަބްދުއް ސަލާމް/ ހަވާ، ށ. ނަރުދޫ

މަޖިލީހަށް ކޮމިޓީ ރިޕޯޓު ހުށަހެޅުއްވުމަށް ފަހު، މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ މި ނަންނަތަކާއި މެދު ޝަކުވާއެއް އޮތްނަމަ އެ ހުށަހަޅަން ހުޅުވާލި ފުރުސުތައި ލިބުނު މެއިލްއެއްގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. ސިއްރު މައުލޫމާތުތަކެއްކަމަށް ބުނެ އޭގައި ހިމަނާފައި ހުރި ފައިލް ކޮރަޕްޓުވެ އެ ނުހުޅުވޭތީ އަލުން އެ ފޮނުވުމަށް އެދި މަޖިލީހުން އަނބުރާ މެއިލްއެއް ފޮނުވި ނަމަވެސް ޖަވާބެއް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: