ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ނުދައްކާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކާއި ގުޅޭ އުސޫލުތަކެއް!

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް އަދި އެހެނިހެން ގޮތްގޮތުން މިރާއައް ނުދައްކާ ނަމަވެސް ދައްކަންޖެހޭ ފައިސާގެ އުސޫލުތައް އާންމުކޮށްފި އެވެ.

މި ފަސް އުސޫލު ޝާއިއުކޮށްފައި ވަނީ ސަރުކާރުގެ ގެޒެޓުގަ އެވެ.

އުސޫލުތަކުގެ ތެރެއިން، ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އާންމު އުސޫލު އަދި ބެންކު އެކައުންޓު ބެލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ އިތުރުން، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތާއި ޓެކްސް ބަޔާން ހުށަނާޅާ އަދި ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލު ކުރާނެ ގޮތު ގެ އުސޫލުތައް މީރާ އިން އާންމުކޮށްފައިވެ އެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލުތަކެއްވެސް ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވިިފައިވެއެވެ.

ނަމަވެސް، އަންނަ އޭޕްރިލް މަހުން ފެށިގެން، ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުކެ ޓެކުހުގެ އިލްތިޒާމުތައް ފުރިހަމައަށް އަދާ ކުރުމަށް މީރާއިން އިލްތިމާސް ކުރި އެވެ.

މިރާއިން ވަނީ، ޓެކްސްފައިސާ ދައްކާ ފަރާތްތައް އެ ފަރާތްތަކުގެ ޓެކުހުގެ ފައިސާ ދީފައިވާ މުއްދަތުތެރޭ ދައްކާ ނިންމުމަށް އެދިފަ އެވެ. އަދި “މީރާގެ އެންފޯސްމަންޓް ޕޮލިސީ” އުވި، މި އުސޫލުތަކުގެ މައްޗައް އަމަލު ކުރަން ފަށާނެކަމަށް މީރާއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: