ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭ އަތުލައިގަތީ ވައިގެމަގުން އެތެރެކުރި 17 ކިލޯގެ މަސްތުވާތަކެތި: ފުލުހުން

ސޯސަން މަގުގައި ކުރިއަށްދާ ޑްރަގް އޮޕަރޭޝަންގައި ފޮށިތަކެއް ފުލުހުންގެ ފޮރެންސިކް ޓީމުން ބަލައި ފާސްކުރަނީ -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަންގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގާފައި ވަނީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

“އެ އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި،” ފުލުހުން ބުންޏެވެ.

އަދި އެ އޮޕަރޭޝަންގައި ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އަތުލައިގަތީ ކޮން ކަހަލަ މަސްތުވާތަކެއްޗެއް ކަމެއް އަދި ހައްޔަރުކުރި މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެ މައުލޫމާތަކީ ފުލުހުން އާންމުކޮށް، އާންމުކުރާ މައުލޫމާތެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: