ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްމަޓީ ދޫކޮށްލި މައްސަލަ ބޭރުކޮށްލައިފި

އަހްމަދު މޫސާ (އަންމަޓީ) — ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، އިސްތިއުނާފު ކުރުމަށްލިބޭ މުއްދަތުގެ ފަހުން ކަމަށްބުނެ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

މިއީ ކްރިމިނަލް ކޯޓުން އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ. މީގެކުރިން އައްމަޓީ ބަންދުން ދޫކޮށްލި ދެފަހަރު ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރުންނެވެ.

އައްމަޓީ ދޫކޮށްލި މައްސަލައިގައި ހައިކޯޓުން މިއަދު ބުނެފައިވަނީ ކޯޓު އަމުރުތައް 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭއިރު، އައްމަޓީ ދޫކޮށްލި މައްސަލަ ޕީޖީން ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށެވެ.

ހުކުމުގައި ބުނީ، ދުވަސް ގުނާއިރު އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ގުނަން ނުޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ވަގުތު ގުނާނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ވަގުތު ގުނަން ޖެހޭނީ އެކަމެއް ހިނގާ ވަގުތުން ފެށެގެން ނިމޭ ވަގުތަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އަދި މުއްދަތުގެ ފަހުން މިމައްސަލަ އިސްތިއުނާފު ކޮށްފައިވާތީ އައްމަޓީ ދޫކޮށްލި މައްސަލައިގައި ޕީޖީން ފާހަގަކުރާ އިޖުރާއީ ނުކުތާތަކަށް އިތުރަށް ބެލޭނެތަނެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: