ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ހުސްވެ ފަރުވާނުދެވިގެން މަރުވާ މީހުންގެ އަދަދު ކޮވިޑަށްވުރެން މަތިވެދާނެ: ސްރީލަންކާ ޑޮކްޓަރުން

ސްރީލަންކާގައި ހިންގާ މުޒާހަރާތަކުގެ ތެރެއިން: ފޮޓޯ/ ސޯށަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ހޮސްޕިޓަލްތަކުން ޒަރޫރީ ފަރުވާދިނުމަށްޓަކައި އެތެރެކުރާ ބޭސް ފަދަ ތަކެތި ލިބުން ހުއްޓިފައިވާކަމަށް އެގަމުގެ ސިއްހީ ބޯޑުން ބުނެފިއެވެ.

ކަމާބެހޭ މާހިރުން އަދި ދާއިރާގެ އިސްވެރިން ބުނާގޮތުގައި ސްރީލަންކާއަށްވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތިވެފައިއެވެ. އަދި ބޭހާއި ފަރުވާދިނުމަށް ބޭނުން ކުރާ ސާމާނު ހުސްވަމުގެ ސަބަބުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބެމުންދިއަ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާކަމަށެވެ.

އައްސި ކުރުމަށް ބޭނުންކުރާ ބޭސް ފަދަ ތަކެތި ހުސްވަމުން ދިއުމާގުޅިގެން އާމުގޮތެއްގައި ސްރީލަންކާގެ ހޮސްޕިޓަލްތަކާއި ކޮލިނިކް ތަކުން ހިންގަމުންދިއަ ކުދި އޮޕަޜޭށަންތައް މެދުކެނޑިފައިވާކަން ފާހަގަކޮށް ކަމާބެހޭ މާހިރުން ބުނެފައިވަނީ ކައިރި މުސްތަގްބަލެއްގައި އެމަޖެންސީ ހާއްލަތްތަކުގައިވެސް ފަރުވާނުދެވިދާނެކަމަށެވެ.

ސިއްހީ ދާއިރާއަށް ދިމާވެފައި ބޮޑެތި ގޮންޖެހުންތަކާއިމެދު ވާހަކަދައްކަމުން ސްރީލަންކާގެ މެޑިކަލް ބޯޑުންވަނީ، މީގެ ދުވަސްތަކެއްކުރިން އެގައުމުގެ ރައީސް ރާޖަޕަކްސާއައް ފޮނުވާފައިވާ ސިޓީއެއްވެސް އާއްމުކޮއްފައިއެވެ، މިސިޓީގައ،ި އެބޯޑުން ބުނެފައިވަނީ މަދު ދުވަސްތަކެއްގެ ތެރޭގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެގައުމަށް ނުލިބިއްޖެނަމަ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދަށްވުރެން މިކަމުގެ ސަބަބުން ގެއްލިގެންދާ މީހުންގެ އަދަދު މައްޗަށް ހިންގައިދާނެކަމަށެވެ.

ސްރީލަންކާގައި ބޭސްފަރުވާ ދިނުމަށް ދަތިވެފައިވާވަރު ހާމަކުރަމުން އެގައުމުގެ ސިއްހީ ބޯޑުން ބުނީ، ބަލިމީހުންގެ ތެރެއިން ހިދުމަތް ފޯރު ދެވޭނެ އަދި ނުދެވޭނެ މީހުން ވަކިކުރަން ޖެހުންފަދަ ހިތާމަތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

މާލީ ހާލަތު ދަށަށްގޮސް އަވަށްޓެރި ސްރީލަންކާއަށްވަނީ އެކި ޒަރޫރީ ބޭނުންތައް އެތެރެކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައިއެވެ. މިކަމުގެ ސަބަބުން ހަކަތަ އުފައްދަން ދަތިވެ ދުވާލަކު އެތައްގަޑިއިރެއް ކަރަންޓު ކެނޑިފައި ހުރުމާއި ކާބޯތަކެތި ނުލިބުން ފަދަ އެތައް އެތައް އުނދަގޫތަކެއް ކުރިމަތިވެފައިއެވެ. މިކަމާ ގުޅިގެން އެގައުމުގެ ރައްޔިތުންދަނީ މަގުތައްމައްޗަށް ނުކުމެ ރައީސް ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލާފަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: