ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާއަށް ދަރަނި އަދާނުކުރެވޭނެ: ޕ. ނަންދާލާލް ވީރަސިންގެ

ސްރީލަންކާ ރައްޔިތުން ފުލުހުންނާއި ކުރިމަތިލަނީ: ފޮޓޯ/ ގެޓީ އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ސަރުކާރުން ނަގައިފައިވާ ލޯނުތައް ގިނަވުމާއި، މާލިއްޔާތުގައިވާ ބޭރު ފައިސާގެ އަދަދު ދަށަށް ދިއުމުގެ ސަބަބުން ދަރަނިތައް ދެއްކުމުގައި ބޮޑެތި ދަތިތަކެއް ދިމާވެ މެދުކެންޑިފައިވާކަމަށް އެގައުމުގެ މައި ބެންކުގެ ގަވަނަރު ޕ. ނަންދާލާލް ވީރަސިންގެ ވީރަސިންގެ ހާމަކޮށްފިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވީރަސިންގެ ބުނެފައިވަނީ ދަރަނިތައް ދެއްކުމުގައި ދިމާވެފައިވާ ދަތިތަކުން އަރައިގަނެވި އެފައިސާ ދެއްކިދާނެކަމުގެ ޔަގީންކަން މިވަގުތު ނެތްކަމުގައިއެވެ. ނަމަވެސް ދަރަނިތައް ދެއްކުން މެދުކެނޑިފައި އޮންނާނީ އިންޓަނޭށަނަލް މޮނެޓަރީ ފަންޑް ފަދަ މާލީ ވުޒާރާތަކުން އެދިފައިވާ ލޯނުގެއެހީ ލިބުމާއި ހަމަައަށްކަމަށެވެ.

މާލީކަންކަމާއި ބެހޭމާހިރުން ބުނާގޮތުގައި ދަރަނި ދެއްކުން މަޑުޖަހްސާލުންނޫން ގޮތެއް ސްރީލަންކާއަކަށްނެތެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހިފައިވާ ފައިސާގެ އެހީ ދިނުމަށް މަގުތަކެއް ފަހިވެގެންދާނެކަމަށެވެ.

ދުނިއޭގެ މާލީ ވުޒަރާތަކާއި އިގޮތިސޯދުގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކާއިއެކު، ސްރީލަންކާގެ ހާލަތު ރަންގަޅުކުރުމަށްޓަކައި ބޭނުންވާ އެހީގެ ވާހާކަތައް ދެކެވެމުންދާކަން ހާމަކުރަމުން، ވީރަސިންގެ ބުނެފައިވަނީ މީގެ ކުރިން އެގައުމުން ދަރަނިތައް ދެއްކުމުގައި ފަސްޖެހިފައި ނުވާނެކަމަށެވެ.

އަވައްޓެރި ސްރީލަންކާގައި ތަހައްމަލު ކުރަން ޖެހިފައިވާ ދަތިތައް ގިނަވުމުގެ ސަބަބުން އެގަަައުމުގައި މަގުތައްމަތީ ރައްޔިތުންދަނީ މުޒާހަރާކޮށް ރައީސް ރާޖަޕަކްސާ އިސްތިއުފާ ދިނުމަށް އެދި އަޑުހަރުކޮށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: