ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫޢުގެ ދެވަނަ އަދި ތިން ވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ރޭ ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

އެމްޓީސީސީން ބުނީ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ޚިދުމަތްދިނުމަށް ޖުމްލަ 65 ލޯންޗް އުފައްދާ ތައްޔާރުކުރާނެ ކަމަށެވެ. އެއާކޯން ކުރެވިފައިވާ މި ލޯންޗުތައް ހުންނާނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިން އަރައި ފޭބޭ ގޮތަށް އަދި ބަލި މީހުން އުފުލުމަށް ވެސް ފަސޭހަވާނެ ގޮތަށް ފަރުމާކުރެވިފައި ކަމަށް އެމްޓީސީސީން ބުނެ އެވެ. މި ޚިދުމަތް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށް ދޭނެ އެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓަރމިނަލް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ޒޯން ޓަރމިނަލްގެ ގޮތުގައި ފަސް ޓާމިނަލް އާއި، 31 ފެރީ ޓަރމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހެދިގެން ދާނެ އެވެ.

މި މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަވެގެން ދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: