ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުން ނޫސްތަކަށް ފައިސާ ދިން މައްސަލަ އޭސީސީއަށް!

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުން ނޫސްތަކަށް ފައިސާ ދިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ހުށައަޅައިފިއެވެ.

އޭސީސީން ބުނެފައިވާގޮތުގައި މި މައްސަލަ ކޮމިޝަނަށް ހުށައަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް އަދި މައްސަލަ ބެލުމާއިމެދު ގޮތެއް ނިންމާފައި ނުވާކަމަށް އޭސީސީން ބުނެފައިއެވެ. އަދި މިހާރު ދަނީ މި މައްސަލަ އިވެލުއޭޓު ކުރުމުގެ މަސައްކަތް ކަމަށް އޭސިސީން ފާހގަަކުރިއެވެ.

ސަރުކާރު ޕްރޮމޯޓު ކުރަން ރައީސް އޮފީހުން، ދިވެހިރާއްޖޭގައި ހިންގާ ބައެއް ނޫސްތަކާއި ޓީވީތަކަށް ފާއިތުވެ ދިޔަ އަހަރާއި މި އަހަރު ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަމަށް އޮންލައިން ނޫހަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އޭގައި ވާގޮތުން އެ މައުލޫމާތު ހާމަވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެ ނޫހުން އެ މައުލޫމާތުތައް ހޯދުމަށް ރައީސް އޮފީހުގައި އެދުމުންނެވެ. އެ ނޫހަށް ދީފައިވާ މައުލޫމާތުގައި، ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރު ރައީސް އޮފީހުން ވަނީ މީޑިއާތަކަށް 1.2 މިލިއަން ރުފިޔާ ދީފައެވެ. އަދި މިއަހަރުގެ މިހާތަނަށް 150،000ރ ރުފިޔާ ދީފައިވެއެވެ.

ރައީސް އޮފީހުން ފައިސާ ދީފައިވަނީ 3 ކަމެއްގެ މައްޗަށެވެ. އެއީ ރައީސް ސާލިހު އދ. ގެ އާންމު މަޖިލީހަށް ވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ކަވަރު ކުރުމަށާއި، ސްކޮޓްލޭންޑުގައި އޮތް ތިމާވެއްޓާއި ބެހޭ ސަމިޓަށް ރައީސް ސާލިހު ކުރެއްވި ދަތުރުފުޅު ކަވަރު ކުރުމަށާއި، އަދި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށެވެ.

މި މައްސަލަ ފެންމަތިވުމާއިއެކު ރައީސް އޮފީހުން ބުނެފައިވަނީ މިކަންތައް ކުރެވިފައިވާނީ ކަން ކުރުމަށް އޮންނަ އުސޫލުގެ މަތިންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: