ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި “ހިންގާލަން” ކެމްޕެއިން ޖަގަހައެއް ހުޅުވަނީ!

އިންތިހާބުގެ ކެމްޕެއިނަށް ފައްޔާޒް ކުރެއްވު ދަތުރެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އެމްޑީޕީ “ހިންގާލަން” ޓީމުގެ ފަރާތުން، ޗެއާރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ޖަގަހަ ހުޅުވަން އެޕާޓީގެ މެމްބަރުންނަށް ދައުވަތު އަރުވައިފިއެވެ.

“ހިންގާލަން” ޓީމުގެ ކެމްޕެއިން މެނޭޖަރ ގޮތުގައި މަސައްކަތް ކުރަށްވާ ފެނަކަ ކޯޕޮރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ މިރޭ 21:30 ގައި ހުޅުމާލޭގެ ހިރުނދު މަގުގައި ހުންނަ މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށާއި އެމްޑީޕީގެ އެންމެހާ މެމްބަރުންނަށް ދައުވަތު އަރުވާ ކަމަށެވެ.

މިޖަގަހަ ހުޅުވަން ނިންމާފައި މިވަނީ މޭ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރ ޕާސަން އިންތިހާބުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެ، ވާދަވެރިންގެ ތެރޭ ބަހުގެ ހަމަލާތައްވެސް ރައްދު ކުރެވެމުން ދާ ދަންޑިވަޅެއްގައިއެވެ.

ޗެއާރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް، އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވަމުންދަނީ ޖަގަހަތަކަކީ އިންތިހާބުތަކަށް އެކަނި “ހިންގާލަން” ހުޅުވާ ތަންތަން ނޫން ކަމަށާއި ޖަގަހަ ތަކުގައި އެމްޑީޕީގެ ރޫހު އަލާކޮށް ރާއްޖެ ހިންގުމަށްޓަަކައި އަބަދުވެސް މަސައްކަތްތައް ކުރެވެންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: