ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ބޭނުން ވަނީ ސިޔަސީ ގޮތުން އުރަތްޕެއް ހުރި އަންހެން ލީޑަރެއް، އެއީ ރޮޒެއިނާ: ހިސާން

ފައްޔާޒާއި ރޮޒެއިނާ ތުޅާދޫއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދެންނެވީ ހިސާން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާއަށްވުރެ ވަކި ގާބިލު އެހެން ބޭފުޅަކު ނެތްކަމަށް ތުޅާދޫ ދާއިރާގެ މަޖިލީސް މެންބަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމުގެ އިތުރަށް ދެން ވާދަކުރައްވާ މަގާމު ކަމުގައިވާ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަ ކުރައްވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ އިތުރުން ސަފާތު އަހްމަދެވެ. ރޮޒެއިނާ ދަނީ މި އިންތިހާބުގައި ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލާއި އެކު “ހިންގާލަން” މި ނަމުގައި ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ.

މެއި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ސަބަބުން ޕާޓީގެތެރެ މަސްލަހަތު ގޯސްވެ ދެބައިވެފައިވާއިރު، އެއް ބަޔަކު އެނެއް ބަޔަކަށް އިދިކޮޅަށް ގޮވާ ދަނީ ބޮޑެތި ސީރިއަސް ތުހުމަތުތައް ކުރައްވަމުންކަން ފާހަގަކުރެވެއެވެ. އަދި ފާޑު ކިޔުން އަމާޒުކުރުމުގެ އިތުރުން އެބަޔެއްގެ ކެޑިޑޭޓަކީ މަގާމަށް އެންމެ އެކަށޭނެ ބޭފުޅާކަން ދައްކަވާދެއްވުމަށްޓަކައި ދަނީ ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.

މިގޮތުން މި އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރުދާއިރާގެ މެންބަރު (އިންތި) އަށް ތާއީދު އޮތީ ރައީސް ނަޝީދާއި އަރިސް ބޭފުޅުންގެ ކަމުގައިވީއިރު، ގިނަ ބަޔަކު ހީކުރަމުންދިޔައީ ހިސާންގެވެސް ތާއީދު އޮތީ އިންތި ގެ “ތިލަފަތުގެ ރަމްޒް” ގެ ޓީމަށްކަމުގައެވެ. ނަމަވެސް މިނިސްޓާ ފައްޔާޒްގެ ކެމްޕެއިން ދަތުރު ހިސާންގެ ދާއިރާކަމަށްވާ ތުޅާދޫއަށް ކުރެވިގެންދިޔުމާއިއެކު ހިސާންގެ ތާއީދު އޮތީ “ހިންގާލަން” ޓީމާއިއެކުގައިކަން ހާމަވެެގެންދިޔައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮއިނާއަށްވުރެ ވަކި ގާބިލު އެހެން ބޭފުޅަކު ހުންނެވިކަމުގައި އޭނާ ފެނި ނުލައްވާކަމުގައިވެސް ހިސާން ވަނީ ވިދާޅުވެފައެވެ.

ރޮޒެއިނާ ވަނީ ހިސާން އޭނާއަށް ކުރައްވާ ތާއީދަށް ޝުކުރު ދެއްނެވުމުގެ ގޮތުން ޓްވީޓެއްވެސް ކުރައްވާފައެވެ.

ހިސާން އިތުރަށް ފާހަގަކޮށްފައިވަނީ އަންހެނުން ބާރުވެރި ކުރެވޭނީ ތިމަންނާއަކީ ސިޔާސީ ގޮތުން އުރައްޕެއް ހުރެ ތިމާގެ ދެފައި މައްޗަށް އަމިއްލަ ހައްޓާއިގެން ތެދުވެ ހުރެވޭނެ މީހަކަށްކަމަށާއި އެމީހަކީ ރޮޒެއިނާކަމުގައެވެ.

ފައްޔާޒްގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެފައިވަނީ ކެމްޕޭން ފެށުނީއްސުރެން ވެސް ހިސާން ހުންނެވީ ފައްޔާޒްއާ އެކުގައި ކަމަށެވެ. ތާއީދު ހޯއްދެވުމަށް ނުކުންނެވި ތަން ފެނުނީ އެ ދާއިރާއަށް ވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އިބުރޭ ފާހަގަކުރެއްވި ގޮތުގައި ހިސާންގެ ފިރިކަލުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވެސް ހުންނެވީ ފައްޔާޒްއާ އެކުގައެވެ. އަދި މި ދަނޑިވަޅުގައި ނާޒިލް ވަނީ އައްޑޫ ދަތުރުގައި ބައިވެރިވެވަޑައިގެން ފައްޔާޒްއާއިއެކު ކެމްޕޭން ކުރައްވައިފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: