ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި އެހެން ޕާޓީއެއްގެ ސިފަ ޖައްސަން ބޭނުމެއް ނޫން: އީވާ

ޗެއާޕާސަންކަމުގެ އިންތިހާބަށް ތާއީދު ހޯދުމަށް އިންތިގެ ޓީމުން ކުރިި ކެމްޕެއިނުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޗެއަރޕާސަންގޮތުގައި ކޮންމެ މީހަކު ހޮވުނަސް ވެރިކަމަށް އަންނަން އެމްޑީޕީގެ މިސަރުކާރުންވީ ވައުދުތައް ފުއްދަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

“ތިލަފަތުގެ ރަމްޒު” ކެމްޕެއިން ޓީމްގެ ފަރާތުން ފޮނަދޫގައި، ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް އިމްތިޔާޒް ފަހުމީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އީވާ ވިދާޅުވީ ވަކި ވަޒީރަކަށް ވޯޓު ނުދީފިނަމަ ރަށްތަކުގައި ހިންގަމުންދާ މަޝްރޫއުތައް ހުއްޓިދާނެކަމަށް ބުނެ ދައްކަމުންދާ ބިރަށް މެމްބަރުން ނުސިހުމަށް އެދޭކަމަށެވެ. އަދި 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރުން އެދޭ ނަމަ، ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވީ ވައުދުތައް ޖެހޭނީ ފުއްދައިދޭންކަމަށްވެސް އެނާވަނީ ވިދާޅުވެފައިއެވެ.

ސަރުކާރުން ޕާޓީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް ކުރައްވައި ރިޔާސީ ވައުދުތައް ޗެއާޕާސަންކަމާއި ގުޅުވައި ނުލެވޭނެ ކަމަށެވެ. ވެރިކަަމަށް އައުމަށް ވީ ރިޔާސީ ވައުދުތަކަކީ ރައްޔިތުންގެ ހައްގުގައި، ގައުމު އިސްލާހު ކުރުމުގެ ބޭނުމުގައި ވީ ވައުދުތަކެއް ކަމުގައި އީވާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އިންތިއަށް ތާއީދު ހޯދުމަށް ގިނަ ރައްތަކަށް ވެސް ދަތުރު ކުރައްވާފައިވާ އީވާ އިންތި އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް ކުރިމަތިލުމުން، އެއްވެސް މެމްބަރެއްގެ ހިތުގައި ސުވާލުތަކެއް އުފެދިގެން ނުދާނެކަމަށެވެ.

އަދި އިންތިއާއި އެކު އެމްޑީޕީ އޭގެ އަސްލު އަސާސްތަކުގައި ދެމިއޮންނާނެކަމަށް ހާއްސަ އިތުބާރެއްކުރަށްވާކަމަށެވެ.

“އެހެން ޕާޓީއެއްގެ ސިފަ ޖައްސާކަށް އަޅުގަނޑުމެންނެއް ބޭނުމެއްނޫން، ޑީއާރްޕީ، އެސްއެލްޕީ، ޕީޕީއެމް މިފަދަ ޕާޓީތަކުގެ ސިފަ އެމްޑީޕީގައި ޖައްސަން ފަށައިފިއްޔާ މިޕާޓީއަށް އޮތް އިތުބާރު ގެއްލޭނެ، ދެނެއް އަޅުގަނޑުމެންނަށް ވޯޓެއް ނުދޭނެ”

މީގެއިތުރުން އެމްޑީޕީގައި އެހެން ޕާޓީއެއްގެ ކުލަވަރު ޖެހިދާން ބޭނުން ނުވާކަމަށާއި، ކުރިއަށް ދާން ބޭނުންވަނީ އަސްލު އަސާސްތަކުގެ މަތީ ހިފަހައްޓާނެ ޗެއާރޕާސަންއަކާއި އެކުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: