ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގައި އެމްޑީޕީ ސަރުކާރެއް ނޯންނަ ގޮތަށް ކުރާ މަސައްކަތް ފެއިލް ކޮށްލާނަން: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަށް 2023 ގައި ވެރިކަން ގެއްލުވައިލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ފެއިލްކޮށްލާނެ ކަމުގައި ޗެއަރޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި “ހިންގާލަން” ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވަމުން ފައްޔާޒް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ހިންގުން ހަރުދަނާ ކޮށް އެ ޕާޓީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރާ މަސައްކަތުގައި ކޮންމެ ބަޔަކު ކޮންމެ ވާހަކަ އެއް ދެއްކި ކަމުގައިވީ ނަމަވެސް ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމުގައެވެ.

“އަޅުގަނޑުމެންނާ ދިމާއަށް ކޮންމެ އެއްޗެކޭ ކީ ކަމުގައިވިޔަސް އަދި އަޅުގަނޑުމެންގެ ބޮލުގައި ކޮންމެ އިލްޒާމެއް އެޅުވި ކަމުގައިވިޔަސް އެ ފުރުސަތު އެއްވެސް ބަޔަކަށް އަޅުގަނޑުމެން ދޭކަށް ނެތީން، 2023 ގައި އެމްޑީޕީގެ ސަރުކާރެއް ނޯންނާނެ ގޮތަށް ކުރާ މަސައްކަތް އަޅުގަނޑުމެން ބޮޑުތަނުން ފެއިލް ކޮށްލާނަން،” ފައްޔާޒް

ފައްޔާޒް ވިދާޅުވީ ތާހިރު ކެމްޕޭނެއް ކުރައްވަމުން ގެންދަވަނީ އެޓީމުން ކަމަށާއި އާންމު މެމްބަރުންނާއި ހިއްސާކުރައްވަނީ ގައުމާއި ޕާޓީ އަށް ކުރަން ބޭނުްވާ ކަންކަމުގެ ތަސައްވުރު ކަމުގައެވެ.

ފައްޔާޒް ވިދާޅުވީ ކެންޑިޑޭޓުންގެ ވާހަކަ ދައްކައި ސަރުކާރު ބަދުނާމުކޮށް އެހެން ވިސްނުންތަކެއް ނެރުއްވުމަށް އެބޭފުޅުން ނޫޅުއްވާ ކަމުގައެވެ. ފަައްޔާޒް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ނެތްނަމަ އަނެއްކާވެސް އިޔާދަވާނީ ކުރިން އޮތް ގޮތަށް ވުރެ ވެސް ގޯސް ގޮތަކަށް ކަމަށެވެ.

ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވާން ޖެހޭ ކަމަށާ އެ ގުޅުން ވަރަށް ކުޑަ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ 2023 އެމްޑީޕީއަށް ލިބޭނީ ޕާޓީގެ މެންބަރުން ވަރަށް ހަރަކާތްތެރި ބަޔަކަށް ވެގެން ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރުކުރެއްވުނުއިރު އެމްޑީޕީގެ ހަރަކާތްތައް ފެންނަނީ މަޑުޖެހިފައިވާ މަންޒަރު ކަމަށާ ޕާޓީގެ ހަރުތައް ހުރީ ދޫކޮށްލެވިފައި ކަމަށެވެ. އެއީ އެމްޑީޕީގެ ރަސްމީ އޮފީހާއި ރަށްރަށުގެ ގޮފިތަކާއި އޮތް ގުޅުން ކުޑަވުމުގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމަށްވެސް  ފައްޔާޒް ވިދާޅުވިއެވެ.

ޗެއާޕާސަން ކަމަށް އިންތިހާބު ކޮށްދެއްވައިފިނަމަ އެކަންކަން ބަދަލު ކުރައްވާ އެމްޑީޕީގައި ކުރީން އޮތް ޖޯޝާއި ފޯރި އަލުން ގެނެސްދެއްވާ މެންބަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ މެންބަރުން ހަރަކާތްތެރި ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވާން ޖެހޭ ކަމަށާ އެ ގުޅުން ވަރަށް ކުޑަ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ. ދެ ކެންޑިޑޭޓުން ވެސް އަންނަނީ ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ.

ޗެއަރޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: