ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯއިން ހިޔާ ފްލެޓްތަކުގެ ކުނި އުކުމުގެ ޙިދުމަތަށް ބިލްކުރަން ފަށަނީ

ވެމްކޯގެ މުވަޒަފެއް ފަހުރުވެރިކަމާއެކު ކުނި އުކާލުމުގައި. ފޮޓޯ:ދަ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ފަރުދުންގެ އެޕާރޓްމަންޓްތަކުގައި އުފެދޭ ދުވަހު ކުނި އުކާލުމުގެ ޙިދުމަތަށް ބިލްކުރުމާއި ގުޅޭގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އިއުލާން ކޮށްފިއެވެ.

ހުޅުމާލެ ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާއި ގުޅިގެން ވެމްކޯއިން ދުވަހު ކުނި އުކާލުމުގެ ޚިދުމަތްތައް އެސަރަހައްދަށް ދަނީ މެދުނުކެނޑި ފޯރުކޮށްދެމުންކަމުގައި ފާހަގަކުރެވެއެވެ. ވެމްކޯގެ ފަރާތުން ނެރެފައިވާ އިއުލާނުގައި ވަނީ ފެށޭ މެއި މަހުގެ 1 ފެށިގެން ވެމްކޯގެ ޚިދުމަތަށް ބިލް ކުރުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. އަދި ވެމްކޯއިން ވަނީ ހިޔާ ފްލެޓްތަކަށް އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަށް މަހެއްގެ މައްޗަށް ބިލްކުރެވިގެންދާނެ ރޭޓަކީ 150.00ރ ކަމުގައި ކަނޑައަޅާ އެކަން އިއުލާނުގައި ފާހަގަކޮށްފައެވެ.

ވެމްކޯއިން ބުނެފައިވަނީ ބިލާއި އެކައުންޓްގެ ތަފްސީލް ފޮނުވިގެންދާނީ ރަޖިސްޓަރ ކުރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސް.އެމް.އެސްގެ ޒަރިއްޔާއިންކަމުގައެވެ.

މީގެ އިތުރަށް ވެމްކޯގެ އިއުލާނުގައި ވަނީ މިއީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއްކަމަށާއި އަދި މިނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ވެމްކޯގެ ‘ކޯލް އެންޑް ޕިކަޕް’ ކެޕްސް ޙިދުމަތަށް އެދިލެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ކެޕްސް ހިދުމަތަށް ބުކިން ހެއްދެވުމަށާއި ހިޔާ ފްލެޓްގެ ބިލާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށްޓަކައި ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުއްވުމުން ސާފުވާނެކަމަށް ވެމްކޯގެ ފަރާތުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

ވެމްކޯގެ ފަރާތުން ސަންގު ޓީވީއަށް މައުލޫމާތުދީ ބުނެފައިވާ ގޮތުގައި ފައިތުވި މުއްދަތުގެ ތެރޭގައި ވެމްކޯގެ ފަރާތުން މި ހިދުމަތް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދެމުން ގެންގޮސްފައިވަނީ ބިލް ކުރުމެއް ނެތި ހިލޭއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: