ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިނގިލި ހޮސްޕިޓަލުން ބަލި މީހަކަށް އިހުމާލުވި މައްސަލަ މަޖިލިސް ތަޅުމުން ބޭރު!

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ހާލު ބޮޑު ބަލި މީހަކަށް އިހުމާލުވި ކަމަށް ބުނެ އެކަމާ ގުޅިގެން ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ  ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް 39 މެމްބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން އެ މައްސަލައަށް ބަހުސްކުރާކަށް ފާހެއް ނުވިއެވެ.

މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި ނަަމަވެސް ފަރުވާ ދިނުން  ލަސްވީ ކަމަށެވެ.

ސައީދު ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ބޮޑަށް މޭގައި ރިއްސާތީ ކަމަށާއި އެކަމަކު އެއީ ގޭސްޓްރިކް މައްސަލައެއް ކަމަށް އެންމެ ފުރަތަމަ ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

ނަމަވެސް ތަދު އިތުރުވަމުންދާތީ އާއިލާއިން އެދިގެން އެހެން ޑޮކްޓަރަކު ގެނެސްގެން އީސީޖީ ހެދިކަމަށާއި އަދި އޭގެން މައްސަލަަތަކެއް ފާހަގަވި ކަމަށް ބުނެފައިވެއެވެ.

އަދި ބަލިމީހާގެ ހާލު އިތުރަށް ގޯސްވަމުންދާތީ އޭނާ މާލެ ފޮނުވާ ދިނުމަށް އާއިލާއިން އެދެމުންދާތީ ޑޮކްޓަރުގެ ލިޔުން ލިބުނީ ނުވަ ގަޑިއިރު ފަހުން ކަމަށް މައްސަލައިގައިވެއެވެ.

ބަލިމީހާ އައިޖީއެމްއެޗްއަށް ގެނައި ފަހުން އެނގުނީ އޭނާއަށް ޖެހުނީ ހާޓް އެޓޭކެއް ކަމެވެ.

އަދި ފަރުވާ ލަސްވުމުގެ ސަބަބުން އޭނާ ވަނީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.

ސައީދު ވިދާޅުވީ ބަލި މީހުންނަށް އާސަންދަ ހަމަޖައްސައި ދިނުމުގެ ރަށު ކައުންސިލާއި ދާއިރާގެ މެމްބަރުންގެ ހުއްދަ ހޯދަން ޖެހުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހަމަ ހަމަ ކަމުގެ ހައްގު ގެއްލޭ ކަމެއް ކަމަށެވެ.

އެހެންވެ ވިލިނގިލީގައި ބަލި މީހާއަށް އަވަސް ފަރުވާ ހަމަޖައްސައި ދިނުމުގައި އިހުމާލުވި މައްސަލަ ބަލަން ގޮވާލެއްވި އެެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: