ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުތަކުގެ މަސައްކަތް ނުނިމެނީ ކޮންޓްރެކްޓަރުންނާއި ހެދި: މަހުލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްސަލް ދަނޑުތައް ނުނިމި ލަސްވަނީ އެ މަސައްކަތް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރުންނާ ހެދި ކަމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރ. މާކުރަތުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދުގެ ޖަލްސާ އަށް މަހުލޫފް ވަޑައިގަތުމުން، އެހެން މެމްބަރުން ވެސް އެފަދަ ކަންކަމާ ގުޅޭ ގޮތުން ސުވާލުތައް ކުރެއްވިއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ޔޫތު މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ހުންނާނީ ނިންމާފައި ކަމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރަށް މިނިސްޓްރީން ބޭނުންވާ ސްޕީޑްގައި ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިޔަ  ނަމަވެސް މައްސަލައަކީ، މަހުލޫފު ވިދާޅުވި ގޮތުގައި ހަވާލުކުރާ މުއްދަތަށް އެއްވެސް މަސައްކަތެއް ނުނިންމުމެވެ. މިކަން މިހެން ދިމާވަނީ މަސައްކަތް ހަވާލު ކުރާ ކޮންޓްރެކްޓަރު، ދުވަހަށް މަސައްކަތް ނުނިންމާތީ ކަމުގައި މަހުލޫފު ފާހަގަ ކުރެއްވިއެވެ.

“ރާއްޖޭގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 40 އައުޓްޑޯ ވޮލީ ކޯޓް ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލު ކޮށްގެން އަޅުގަނޑު ގެނެސް ކޮންޓްރެކްޓަރުންނާ މީޓްކުރަން ދޭތެރެއަކުން. މިސާލަކަށް މާޗު 1 ވަނަ ދުވަހު ނިންމާނަމޭ ބުނެފައި، ދެން ގެންނަ ދުވަހު ބުނާނެ އޭޕްރީލް މަހުގައޭ. އެ ކަހަލަ ގޮތަކަށް މަސައްކަތް ދަނީ” މަހުލޫފް

ފުޓްސަލް ދަނޑުތައް އަޅަން ބަޖެޓުގައި ހިމެނި ނަމަވެސް  އެ ތަންތަން މަރާމާތުކުރަން ދާ ހަރަދެއް ބަޖެޓުން ނުލިބެއެވެ. އަދި ދަނޑުތައް މަރާމާތު ކުރުމަށް ވަރަަށް ބޮޑު ޚަރަދެއް ހިނގާ ކަމުގައި މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ދަނޑުތައް މަރާމާތުކުރަން ޖެހެނީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ. އެހެންވެ، އޭނާ ވަނީ ކުޅިވަރު ދަނޑުތައް މަރާމާތުކުރުމަށް ބަޖެޓުގައި ހިމެނުމަށް އެދިވަޑައިގެންފަ އެވެ.

މަރާމާތުކުރަން ޖެހޭ ވަރަށް ގިނަ ދަނޑުތައް ހުރިކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ އެ މަސައްކަތްތައް ލަސްވަނީ ބަޖެޓު ނެތީމަ ކަމަށެވެ.

އިންޑިއާގެ ލޯނުގެ އެހީގައި ސަރުކާރުން ވަނީ ޓީޓީއާ ބާސްކެޓް ކޯޓު އަދި ހަތަރު ސިންތަޓިކް ޓްރެކު އަޅަން ވެސް ނިންމައިފަ އެވެ.

އެ މަސައްކަތްތައް ނިމުމުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރު ދަނޑުތައް އެޅުމުގެ ވައުދު ފުދިގެން ދާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: