ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ގަރާރު ތަންފީޒު ކުރެވޭނީ މަޖިލީހުން ފާސްކޮށްގެން: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތްތަކާއި ހުއްޓުވަން އަންގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރަންޖެހޭކަމަށް، ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ނެރުއްވި ގަރާރުގެ ސަބަބުން އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ވެގެންދާކަމަށް ބުނެ ގާނޫނީ ދާއިރާގެ ބޭފުޅުން ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް، ދިޔާނާ ވިދާޅުވީ ގަރަރު ނުރުއްވީ ގާނޫނު އަސާސީން ލިބިގެންވާ ބާރުގެ ދަށުން ނަމަވެސް ގަރާރާއި ހަވާލާދޭ ގާނޫނީ މަސްދަރުތަކެއް އޮނަން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ހުއްދަ ކުރާކަމަށް ދިޔާނާ ފާހަގަ ކުރީ ތިން މަސްދަރެކެެވެ. އެއީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (އ) އަދި ގާނޫނު އަސާސީގެ 115 (ވ) އާއި 254 ވަނަ މާއްދާ އާއި އެކު 115 ވަނަ މާއްދާގެ (ގ) އާއި ގާނޫނީ ފަންނުގެ ގާނޫނު އެކުގައިއެވެ. މިހެން ކަމުން ގަރާރު ނެރެވޭނެ ހާލަތްތަކަކީ ހަނގުރާމަ އާއި ސުލްހަ އިއުލާން ކުރައްވަން، ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން، އަދި  ރިޔާސީ ކޮމިޝަން އުފެއްދުން ފަދަ ހާލަތުގައިކަމަށް ދިޔާނާ ވިދާޅުވި އެވެ.

ރައީސުލް ޖުމުހޫރިއްޔާ ނެރުއްވާ ގަރާރުތަކަކީ ގާނޫނާއި އެއްފަދަ އެއްޗެއް ކަމަށާއި، ގާނޫނު ހެދުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ވުމުން އެ މުއައްސަސާގެ ދައުރެއް ނުވާ ގޮތަކަށް ރައީސުލްޖުމުހޫރިއްޔާއަށް ގަރާރުތަކެއް ނުނެރެވޭނެކަން ސާފުކަމަށްވެސް ދިޔާނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރިޔާސަތުން ގަރާރުތައް ނެރެވޭނެކަމަށް އެނާ ފާހަގަކުރެއްވި ހާލަތްތަކުގެ ފުރަތަމަ ދެ ހާލަތުގައިވެސް މަޖިލީހުން އެގާރާރުތައް ފާސްކުރަން ގާނޫނު އަސާސީގައި އޮންނާނެ ކަމަށާއި ތިން ވަނަ ހާލަތުގައި ވާ ކޮމިޝަން އުފެދިގެން އައުމުގައި މަޖިލީހުގެ ދައުރެއް ވާތީ އެ މުއައްސަސާއިން ނެރޭ ގަރާރުތަކުގައި މަޖްލީސް ޝާމިލްވާކަމަށްވެސް މި ޓްވީތް ތަކުގައި ދިޔާނާ ވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: