ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އެމްޑީޕީން އެކަހިރި ކުރަން ބަޔަކު ގަސްތުގައި މަސައްކަތް ކުރާކަން ކަށަވަރު: އިންތި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީހާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ : ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދު އެމްޑީޕީއާއި އެކަހަރިކޮށް ބޭރުކޮށްލުމަށް ބަޔަކު ގަސްތުގައި މަސައްކަތްކުރާކަން ކަށަވަރު ކަމަށް އެ ޕާޓީގެ ޗެއާރޕާސަންގެ މަގާމަށް ވާދަ ކުރަށްވާ ކެންޑިޑޭޓް މާފަނނު އުތުރު ދާއިރާގެ މެނބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ދުވާފަރުގައި “ތިލަފަތުގެ ރަމްޒް” ކެމްޕައިން ޓީމުގެ ޖަގަހަ ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި އިންތި ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީއިން އެކަހެރި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ކަަމަށާއި ޕާޓީގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިންވެސް ކަންކަން ދިމާވެގެންދާ ގޮތުން އެކަން ކަށަވަރު ވާ ކަމަށެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ގޮތް އަދި އެ މަނިކުފާނު ހާލުފުޅުވެސް ގައުމީ މަޖްލިސް މެދުވެރިކޮށް އާއްމު މެމްބަރުނާއި ހިއްސާކުރަން ނިންމުމަށް ފަހު، ހަފްތާއަކު އެއްފަހަރު ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ މި މުހިއްމު ބައްދަލަވުންތަކުގެ ކޯރަމް، ބައެއްގެ އެންގުމުގެ ދަށުން ގަސްތުގައި ހަމަވިޔަ ނުދިންކަމަކީ އިންކާރު ނުކުރެވޭނެ ހަގީގަތެއް ކަމަށެވެ.

ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން ބަޔަކު ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށައެޅުއްވީ ހުދު އެމަނިކުފާނު އަމިއްލަފުޅަށްކަން ފާހަގަކޮށް އިންތި ވިދާޅުވީ މަޖިލީހުގެ ތަހުގީގަށް އެކި ފަރާތްތަކަށް ހާޒިރުވުމަށް އެނގުމުން ބައެއް ބޭފުޅުން އެކަމަށް އިންކާރު ކުރިކަމަށެވެ. އަދި އިންކާރު ކުރި މައްސަލަ މަޖިލީހަށް ހުށައެޅުވި ނަމަވެސް އެ މައްސަލަވެސް “ކޮޅުފައިން ޖަހާ ބޭރުކޮށްލި” ކަމަށާއި އެފަދަ ބަޔަކު އެމްޑީޕީގައި އަދި މަޖްލީހުގައި ވެސް ތިއްބަވާކަމަކީ “އިންކާރު ކުރެވެން ނެތް ހަގީގަތެއް” ކަން އިމްތިޔާޒުވަނީ ފާހަގަ ކުރައްވާފައިއެވެ.

ރައީސް ނަޝީދުއަށް ދިން ހަމާލާގެ ތަހުގީގުތައް ކުރިއަށް ދިޔަ ގޮތާއި މެދު ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މި ސަރުކާރުގެ ދައުުރު ނިމިގެންދާ އިރުވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ، މަރުގެ މައްސަލަތައް ބެލުން ވައުދުތައް ފުއްދިފައި ނުވާކަމަށެވެ. އަދި މިސަރުކާރު ވެރިކަމަށް އައި ފަހުން ހިނގި ވެންޓިލޭޓަރުގެ ހިޔާނާތްވެސް ބެލިފައިނުވާކަން އެނާ ވަނީ ފާހަގަކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: