ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާ- ޔޫކްރޭން ހަނގުރާމައިން ދުނިޔޭގެ އިގްތިސޯދު އިނދަ ޖެހިދާނެކަމުގެ ބިރު އޮތީ ހީވެފައޮ: ޝާހިދު

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއާއި ޔޫކްރޭންގެ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދު ދަށައްގޮސް އިންދަ ޖެހިދާނެކަމުގެ ބިރު ހީވެފައިވާކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގައި ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑީއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެތަކެއް ގެއްލުންތަކުން ސަލާމަތްވެވިފައިނުވާ ހާލަތުގައި ރަޝީއާ- ޔޫކްރޭން ހަނގުރާމައިގެ އެކި ގައުމުތަކުގެ ދަރަނިތައްވެސް އަދާކުރުމުގައި ދަތިތައް ކުރިމަތިވެދާނެކަމަށެވެ. އަދި ހީނަރުވެފައިވާ ދުނިޔޭގެ އިގްތިސާދަށް މިކަމުގެ ސަބަބުން ލޮޅުންތަކެއްވެސް އައިސްފައިވާއިރު ފަގީރުކަން ފަދަ ދުނިޔެއިން ނައްތާލަންޖެހޭ މައްސަލަތައް ހައްލުކޮށް އިޖްތިމާއީ ހަމަހަމަކަން ގާއިމު ކުރުމަށް ކުރެވެމުންދާ މުހިއްމު ގިނަގުނަ މަސައްކަތްތައް އެތައް އަހަރެއް ފަސްވެދާނެކަމަށްވެސް ބިރު ހީވެފައިވާކަމަށެވެ.

އެފްރިކާ ބައްރުގެ އެކި ގައުމުތަކާއި އެޝިއާގެ ގައުމުތަކުގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރިބިއަންގެ ގައުމުތައް ހިމެނޭ ލިސްޓެއް ފާހަގަކޮށް ޝާހިދު ވިދާޅުވީ ހަނގުރާމައި ސަބަބުން ބައިނަލް އަގުވާމީ ހަކަތަ އަދި ކާނާ ފަދަ ކޮމޯޑީޓީޒް އާއި ފައިސާގެ ބާޒާރުތަކަށް އަސަރުކުރާ ކަމަށާއި އދއިން ލަފާކުރަނީ މިކަމުގެ ސަބަބުން ޖުމްލަކޮށް 107 ގައުމަކަށް އެކި ސިފަސިފައިގައި ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އދ ގެ ރައީސް ޝާހިދު ވިދާޅުވީ އިންސާނުންގެ ސަލާމަތަށް ހުރި އެހެނިހެން ނުރައްކާތަކަށް ހުއްޓުމެއް އައިސްފައި ނުވާކަމަށެވެ. މިޔަންމާރ، އަފްގާނިސްތާން، ފަލަސްތީން، ސީރިޔާ ފަދަ ސަރަހައްދުތަކުގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތައް ނުހުއްޓި ކުރިއަށްދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: