ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާރު އޮތީ ބޭގަރާރުވެފަ އޮތް މަޒުމޫނެއްގަ ސިފައިގަ: އަދަމް ޝަރީފް

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޢިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާ އައުޓްގެ ހަރަކާތް ހުއްޓުވުމަށްޓަކައި ނެރުއްވި ގަރާރު އޮތީ ބެގަރާރުވެ މަޒުމޫނެއްގެ ސިފައިގައިކަމަށް މަޑުއްވަރީ ދާާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި، އިދިކޮޅުގެ ބޭނުމަކީ ގައުމުގައި ހަމަނުޖެހުން އުފެއްދުންކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ހަފްތާގައި ގަރާރެއް ނެރުއްވާފަ އެވެ. މި ގަރާރާއި އެކު ފުލުހުން ވަނީ މާލޭގައި “އިންޑިއާ އައުޓް” ޖެހި ބެނާތައް ހަރު ކުރާ ގެތަކުން އެ ނަގަން ފަށާފަ އެވެ.

މި މައްސަލައިގައި ނުރުހުންވެ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ ވަރަށް ފަހަކާއި ޖެހެންދެން ވެސް ވަކާލާތު ކުރަމުން އައީ މިނިވަންކަމާއިއެކު އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ ފުރުސަތުތަށް ދިވެހިންނަށް ފަހިކޮށްދިނުކަމުގައެވެ. ގާނޫނު އަސާސީގައި އެ މާއްދާ ލިޔުމުގައި ވެސް އެމްޑީޕީ ފޯރިއެރުވިކަމަށާއި 27 ވަނަ މާއްދާގެ އިތުރުން 32 ވަނަ މާއްދާ ވެސް އެކުލަވާލުމުގައި އެމްޑިޕީގެ އެއްބައިވުމާ ބާރުއެޅުންވާކަމުގައި ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ ފެނާއި ނަރުދަމާގެ ވާހަކަ މިއަދުގެ މަޖިލީހުގައި ދައްކަވަމުންގެންދާއިރު އެބޭފުޅުންނަށް ނިމިދިޔަ ހަފްތާގެ ތެރޭގައި ފެނިގެންދިޔައީ ގާނޫނު އަސާސީގައި ލިބިދީފައިނުވާ ބާރެއްގެ ބޭނުންކޮށްގެން ރައީސުލް ޖުމްހުރިއްޔާ ގަރާރެއް ނެރުއްވިތަންކަމުގައެވެ.

ރައީސުލް ޖުމްހުރިއްޔާ ނެރުއްވި މި ގަރާރުގައި ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް މިއީ ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދެ ގައުމުގެ ދެމެދުގައި ވާ ގުޅުމަށް ގެއްލުންދީ މި ސަރަހައްދުގެ ސަލާމާތާއި ހަމަޖެހުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގެންދާ ހަރަކާތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

އިންޑިއާ އައުޓްގެ ހަރަކާތަކީ ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ހަރަކާތަކަށް ބަދަލުވެ ގައުމީ ސަލަމަށް ނުރައްކާވާ ހިސާބަށް ގޮސްފައިވުމުގެ ސަބަބުން މިއީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ސަބަބެއްކަމަށް ގަރާރުގައި ވެއެވެ. އަދި ހާއްސަކޮށް މި ހަރަކާތުން ރާއްޖެ ބައިނަލްއަގުވާމީ މައިދާނުން އެކަހެރިވެ އިތުބާރު ގެއްލުމާއި އެކު ޒަމާނުއްސުރެން ފެށިގެން ދިވެހި ދައުލަތް ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ބުނެފައިވެއެވެ.

މިކަމަށް އިޝާރާތްކޮށް އާދަމް ޝަރީފް ވިދާޅުވީ މިއީ އުފެދުމުގައިވެސް ބާތިލު ގަރަރާއްކަމުގައެވެ. އަދި ގަރާރު ލިޔެފަ އޮތީ ބޭގަރާރުވެފަ އޮތް މަޒުމޫނެއްހެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ކަމެއް ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން ނެރުއްވި އިރު ވިސްނައިވަޑައިގަންނަވަންޖެހޭކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެގެން މިއުޅެނީ ގަރާރުގެ ސަބަބުންތޯ ނުވަތަ މިފަދަ ކަންތައްތަކުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުންތޯ އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް އޭނާ ފާހަގަ ކުރެއްވީ މިފަދަ ހައްގުތަކާއި ބެހޭ މައްސަލަަތަށް މަޖިލީހަށް ހުށައެޅުވުމުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ ތާއީދާއިއެކު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން ކުރީގައި އެބޭފުޅުން ދުން އެމްޑީޕީ ވުޖޫދުގަ ނެތީތޯ ހިތައް އަރާކަމުގައެވެ.

އެމްޑީޕީ އުވިގެން ދަނީތޯ އަދި ކުރީގައި ވަކާލާތު އެކުރެއްވި ގޮތަށް ވަކާލާތު ކުރައްވާނެ ފަރާތަށް ކޮބައިތޯ އާދަމް ޝަރީފް ވަނީ ސުވާލުއުފައްވާފައެވެ. އަދި އެމްޑީޕީގެ ސިފައިގަ އެމްޑިޕީގެ ބޭފުޅުން މިއަދު އެހައްދަވަނީ ކިހިނެއްތޯ އާދަމް ޝަރީފް ވިދާޅުވިއެވެ. އެބޭފުޅުން މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގު ހޯދުމުގެ މައްޗަށް  އެމްޑިޕީ ބަހެއް ނުބުނެވޭ ހިސާބަށް ދިޔައީ ކޮންކަމަކަށް ކިހިނެއް ފިތިގެންތޯ އޭނާ ސުވާލުއުފެއްދެވިއެވެ.

ކޮންމެ ކުލައެއް ޖައްސާފައިވާ ޕާޓީއެއް ސަރުކާރަށް އަންނަން ވާދަކުރެއްވިކަމުގައިވީ ނަމަވެސް ސަރުކާރަށް އާދެވުމަށްފަހު ދެން ކަންތައްތައް ކޮންޓްރޯލް ކުރައްވަނީ އެސަރުކާރަކުން ބޭނުންވާ ގޮތަކަށްކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައްތައް ކުރިއަށް ގެންގޮއްސިނަމަ ކުރީގައި އޮތް އެމްޑީޕީ ނޯންނާނެކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހެންދަނީނަމަ ދިވެހިރާއްޖޭގައި މަލްޓި ޕާޓީ އުފެއދިގެން އައިސް ޕާޓީތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތެއް ރާއްޖޭގަ ނޯންނާނެކަމުގައި ޝަރީފް ވިދާޅުވިއެެވެ.

ރައީސުލް ޖުމްހުރިއްޔާއަކަށް މިފަދަ ކަންތައްތަކުގައި ގަރާރު ނުނެރުއްވޭނެކަމަށާއި އަދި މިގޮތަށް ކަންތައް ކުރައްވާ “މިވަރުގެ ޅަ އެއްޗެއް” އެމަނިކުފާނު އެއެޅުއްވީ ކައިރީގައި އެހީތެރިވެދޭނެ މީހަކުވެސް ނެތީތީކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އޭނާ ތަކުރާރުކޮށ ްވިދާޅުވަމުން ގެންދިޔައި މިއީ އުފެދުމުގައިވެސް ބާތިލް ގަރާރެއްަމުގައި އާއި މިއީ ގާނޫނާއި ގަވާއިދާ ހިލާފަށް ކުރެއްވިކަމެއްގެ ގޮތުގައެވެ.

ރާއްޖޭގައި އަމުރު މައުރޫފް ހިންގާ އެއްވެސް ފަރާތަކުން މިގަރާރުގަިވާ އެއްޗެއްގެ މައްޗަށް އަމުރު ނުހިންގޭނެކަމުގައި އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށާއި، އެމްޑީޕީ އަދި ޕީޕީއެމްގެ މެންބަރުން ނުވަތަ އެހެން ޕާޓީއެއްގެ މެންބަރުންކަމުގައިވީ ނަމަވެސް މަޖިލީހުގައި ދައްކަވާ ވާހަކަތަކާއި ކުރައްވާ ކަންތައްތަށް ވާން ޖެހޭނީ ދިވެހި ސަރުކާރަށްވެސް ފާރަވެރިވެ ސަހަރޯވެރިވާ ރަނގަޅު މަގުން ކަންތައް ކުރާނެ މަގު ދައްކާދޭންޖެހޭބަޔަކަށްކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ވަކިކަމަކަށްޓަކައި ނޫނީ އިންތިހާބަކަށްޓަކައި ކަންތައްތައް ނުކުރެއްވުމަށް އޭނާ އެދިލެއްވިއެވެ.

މީގެ އިތުރަށް ރައީސްގެ މި ގަރާރުނެރުއްވުމާއިއެކު އިދިކޮޅުގެ ގިނަ ބަޔަކު ވަނީ މިކަމަށް ފާޑުކިޔުން އަމާޒުކޮށް މި ގަރާރުގައި މިފަދަ ހަރަކާތްތަށް ހިންގާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގައި އޮތުމުން ގާނޫނު ހެދުމަކީ ރައީސްއަށް ލިބވިގެންވާ ބާރެއް ނޫންކަމުގައި ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: