ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހަށް ގެނައި ހުރިހާ ކާބޯތަކެތީގެ ޝިޕްމަންޓް ކްލިއާވެއްޖެ: އެމްޕީއެލް

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދައަށް އެތެރެ ކުރެވިފައިވާ ހުރިހާ ކާބޯ ތަކެތީގެ ޝިޕްމަންޓެއް ކްލިއަރކުރެވިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ވޭތުވެ ދިއަ 3 އަހަރަށް ވުރެން މި އަހަރު ރޯދަމަހު އެތެރެ ކުރެވިފައިވާ ކާބޯތަކެތީގެ އަދަދު އިތުރު ނަމަވެސް މި ފަހަރު އަވަހަށް ކާބޯތަކެތި ރައްޔިތުންނާއި ހަމައަށް ފޯރާނެހެން ބާޒާރަށް ނެރުމަށް ކްލިއަރ ކުރުމުގެ މަގުސަދުގައި މަސައްކަތްކޮށް ކާމިޔާބުވެފައިވާކަމަށެވެ.

“އަޅުގަނޑުމެންގެ މަގުސަދަކަށްވީ މި ރޯދަމަހު ގެނެވޭ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ބަނދަރުން ބޯޓު އައުމާ އެކު ބޭލި، އެ ތަކެތި ކުލިއާ ކުރެވިގެން ބާޒާރާ ހަމައަށް ނެރެވިގެންދާނެ ގޮތަކަށް ޕޯޓްގެ މަސައްކަތް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުން.”

މިދިއަ 3 އަހަރަށް ވުރެން މި 3 ހަފްތާ ތެރޭގައި ކާބޯތަކެތި އެތެރެކުރެވިފައިވާ އަދަދު އިތުރުވެފައިވާކަން ފާހަގަކުރަށްވަމުން ޝާހިދު ވިދާޅުވީ މަސައްކަތްތައް އިތުރުވެފައިވީ ނަމަވެސް މިދިއަ ހަފްތާތަކުގައި ޝިޕްމެންޓް ބޭރުކުރުމުގައި އެއްވެސް ދަތިތަކެއް ދިމާ ނުވެ ވެރިފަރާތްތަކަށް ފޮރުވިފައިވާ ކަަމަށެވެ.

މީގެ އިތުރުން މި ރޯދަމަހު ހަލާކުވާ ޒާތުގެ ކާބޯތަކެތި ބަރުކޮށްގެން 26 ބޯޓު އައިސްފައިވާ ކަމަށާއި މިފަދަ ކާގޯގެ ގޮތުގައި އެ ކުންފުނިން މި ރޯދަމަހު 180،000 ޕެކެޖް ކްލިއަރ ކޮށްފައިވާނެކަމަށްވެސް މި ބައްދަލުވުމުގައި އެމްޕީއެލްގެ ފަރާތުންވަނީ ހާމަކޮށްފައިއެވެ.

“މި ކުންފުނީގެ މުވައްޒަފުން ތިބީ އަތުކުރި އޮޅާލައިގެން. އަތްވަކަށް، ވާރޭއަކަށް ބެލުމެއް ނެތި، ޤައުމީ ޙިދުމަތުގެ ރޫޙުގައި، މި ރަމަޟާން މަހު އެއްވެސް ދަތިކަމެއް ނެތި މުދާ ކްލިއަރކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް.”

މީގެ އިތުރުން އެމްޕީއެލްގެ ސީއޯއޯ މުހައްމަދު މަސީހު ވިދާޅުވީ ފާއިތުވެދިޔަ ތިން ހަފްތާ އަކީ ޕޯޓް ސަރަހައްދު ވަރަށް ބިޒީ ދުވަސްކޮޅެއް ކަމަށެވެ. މިގޮތުން ކޮންމެ ދުވަހަކު ބޯޓަކަށް ކޯލް ކޮށްފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: